ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް

ފައިނޭންސް އޮފިސަރ

ރޭންކް

އެމް. އެސް 1

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ (ކޯޕަރޭޓް އެފެއާޒް ޔުނިޓް)

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އިދާރާ

މުސާރަ

5610.00 ރުފިޔާ

ސަރވިސް އެލަވަންސް

2000.00 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުތުތައް

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.   ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

01- ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމަށްފަހު، ބަޖެޓުން ހޯދަންޖެހޭ ފައިސާ ހޯދުން.

02- ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފާއިސާ ހަވާލުކުރުން.

03- ކައުންސިލް އިދާރާ މެދުވެރިކޮށް މުސާރަދޭ މުވައްޒަފުންގެ މުސާރަ، މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުން.

04- ފައިސާ ޖަމާކުރާ ފޮތްލިޔެ ބެންކަށް ފައިސާ ޖަމާކުރުން.

05- ފައިސާ ބަލައިގަތުން.

06- ތިޖޫރީގައިހުރި ފައިސާގެ ހިސާބުތައްލިޔެ ބެލެހެއްޓުމާއި، ތިޖޫރީ ހަވާލުވުން.

07- ކައުންސިލް އިދާރާގެ ހުރިހާ އެކައުންޓްތަކުގެ ހިސާބު ބެލެހެއްޓުން.

08- ޚަރަދު ވައުޗަރ ތައްޔާރުކުރުން.

09- ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން.

10- ޗެކް ހަވާލުކުރުމާއި، ޗެކް ރަޖިސްޓްރީ ބެލެހެއްޓުން.

11- ރައްޔިތުންގެ އެކައުންޓްތަކުގެ ފައިސާގެ ހިސާބު ބެލެހެއްޓުން.

12- ކުއްޔަށްދޭ ބިންބިމަށް ލިބޭ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.

13- އެކިއެކި ފަންޑުތަކާބެހޭ ކަންތައްތަކާއި ހިސާބު ބެލެހެއްޓުން.

14- ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކުރުން.

(ހ) އިތުރުގަޑިއާއި ބަންދުދުވަހުގެ ރިޕޯޓް

(ށ) ދިދަ ގަޑީގެ ރިޕޯޓް

(ނ) މުސާރަ ސީޓް ތައްޔާރުކުރުން.      

(ރ) އާމްދަނީ ފައިސާގެ ރިޕޯޓް.

15- އާންމުދަނީގެ ގޮތުގައިލިބޭ ފައިސާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމަށް ފައިސާ ޓްރާންސްފަރކުރާ ފޯމާއި ޓްރާންސްފަރ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.

16- ކައުންސިލްގެ ފައިނޭޝަލް ރިޕޯޓް ތައްޔާރުކޮށްފައި، ކޮންމެ 6 މަހަކުން ލޯކަލް ގަވަމަންޓް އެތޯރިޓީއަށް ފޮނުވުން.

17- ވަގުތީގޮތުން ނަގާ މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސް ހަވާލުކުރުން.

18- ކޮންމެމަހެއް ނިމުމުން، އެ މަހެއްގެ 2،1 ގެ ރިޕޯޓްތައް ތައްޔާރުކުރުން.

(ހ) ކައުންސިލް އިދާރާގެ ޚަރަދު ރިޕޯޓް.

(ށ) މިސްކިތު މުވައްޒަފުންގެ ބަންދު ދުވަހުގެ ރިޕޯޓް.

19- ކްރެޑިޓް ސުކީމުގައި ބައިވެރިވުމާއި، ސުކީމަށް ފައިސާ ދެއްކުމުގައި އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

20- ކައުންސިލް އިދާރާގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.

21- މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުން.

(ހ) ވަޒީފާ ލިބުމުން ރަޖިސްޓްރީއަށް އެރުވުން.

(ށ) މުވައްޒަފުންގެ މަޤާމުގެ ކުރިއެރުންތައް ރެކޯޑްކޮށް ބެލެހެއްޓުން.

(ނ) މުވައްޒަފުންގެ ފޮހޭ ރަޖިސްޓްރީ ބެލެހެއްޓުން.

(ރ) މަޤާމުގެ ރަޖިސްޓްރީ ބެލެހެއްޓުން.

22- މުވައްޒަފުންގެ ރެކޯޑް ފައިލްތައް ބެލެހެއްޓުން.

(ހ) ރެކޯޑް ފައިލުގައި ހުންނަންޖެހޭ ވަޒީފާ ދެއްވި ޗިޓް، ތަޢުލީމީ ސެޓްފިކެޓް، ވަޒީފާގެ އެއްބަސްވުން، ވަޒީފާ ބަޔާން، ހާޒިރީ ރެކޯޑް ޝީޓް، ސަލާމް ސިޓީއާއި، ސަލާން ސެޓްފިކެޓާއި، ޗުއްޓީ ރެކޯޑް ފަދަ ލިޔުންތައް ރެކޯޑް ފައިލަށްލުން.

(ށ) ވޯކްޝޮޕް ސެމިނާރުފަދަ ބައްދަލުވުންތަކުން ލިބޭ ސެޓްފިކެޓްތަކުގެ ކޮޕީ ރެކޯޑް ފައިލަށް ލުން.

(ނ) މުވައްޒަފުންނަށް ދެވޭ ނަސޭހަތާއި އިންޒާރު ތައްޔާރުކޮށް ސޮއިކޮށް ނިމުމުން ފައިލްކުރުން.

(ރ) މުވައްޒަފުންގެ އަޕްރައިޒަލް ފޯމް ތައްޔާރުކުރުން.

23- މުވައްޒަފުންގެ ބައްދަލުވުން ބޭއްވުން.

(ހ) ޒިންމާދާރުވެރިޔާ އަންގާގޮތެއްގެމަތިން މުވައްޒަފުންގެ ބައްދަލުވުންތަކަށް ދަންނަވާ ލިޔުން.

(ށ) ބައްދަލުވުން އިންތިޒާމްކުރުން.

24- އިދާރާއިން ފޮނުވަންޖެހޭ ސިޓީ، މެސެޖް، ލިޔުން ތައްޔާރުކުރުމާއި، ފޮނުވުމާއި، ފެކްސްކުރުމާއި، މެއިލްކުރުން.

25- ރަސްމީގަޑިއާއި ނުރަސްމީގަޑީގައި އިދާރާ ހުޅުވައި ބަންދުކުރުން.

26- އިދާރާއިން ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.

27- އިދާރާގެ މޮޑަމް ބެލެހެއްޓުން.

28- ފައިލްކުރުން.

29- ފޮތްތަކުގައި ނަންކޮޅު ތަތްކުރުމާއި، ގަނޑުލެއްވުމާއި، ސެލޯފިން ލެއްވުމާއި، ފައިލްތަކުގައި ނަންކޮޅު ހަރުކުރުން.

30- ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

31- މީގެއިތުރުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެމަތިން ވެރިން އަންގަވާ އިދާރާގެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

* ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

*  މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި ޤާބިލްކަމުގެ ސިފަތައް.

އިންޓަވިއު ބާއްވާނެ ތާރީޚާއި ތަން

އިންޓަވިއު އޮންނާނީ 2105 ޖަނަވަރީ 27 އާއި 29 އާ ދެމެދުގެ ތާރީޚެއްގައި މާރަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި ލިޔުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، 2015 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 14.30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާގުޅޭ ލިޔުންތައް މާރަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ. މި ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

4- ލިބިފައިވާ ތަޖުރިބާ ދަލީލްކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލުމާތު ސާފުކުރަން ގުޅާނީ މި އިދާރާގެ ނަންބަރު 6500029 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500061 އެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

                     17 ރަބީޢުލްއައްވަލް 1436           

08 ޖަނަވަރީ 2015
ހޯދާ