އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އީ.ޕީ.އޭއަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން - ތިންވަނަ ޓެންޑަރ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މަސައްކަތުގެ ނަން: އީ.ޕީ.އޭއަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން   - ތިންވަނަ ޓެންޑަރ

 

ރަސްފަރީ ރެސްޓޮރޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަމްބަރު: (IUL)203-AS/1/2022/95 އިޢުލާނާއި އެކު ހުޅުވާލި ބިޑަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ ބިޑް ބާތިލުކޮށް  އަލުން ބިޑް ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެމެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 4 މޭ 2023 ވާ ބުރާސްފަތި ދުވަހު 11:00 ގެ ކުރިން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 4 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރުމަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، އީ-މެއިލް ކުރާނީ 2 މޭ 2023 ވާ އަންގާރަދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް[email protected]

 

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ލިބިގެންވެއެވެ.

19 އޭޕްރިލް 2023
ހޯދާ