މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓުގައި އޮފީސްބައެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުން

     ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ  ހުޅަނގު ދެކުނު ކަނުގައި މިހާރު ހުރި 11 ފޫޓް 8 ފޫޓުގެ ކޮޓަރި އޮފީސް ބައެއްގެ ގޮތުގައި ތަރައްޤީ ކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 25 އޭޕްރީލް 2023 ވަނަ ދުވަހުގެ 11:00 އަށް ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.

     އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6540650 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

     އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 04 މެއި 2023

     އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

     އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓް

13 އޭޕްރިލް 2023
ހޯދާ