ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ހެދުމާއި ބެހޭ

ށ. އަތޮޅު ތަޢުލީމީ މަރުކަޒު

    ށ. ކޮމަންޑޫ                                    އިޢުލާން ނަންބަރ: 01/GS09/2023

 

                 ބީލަން ހުށަހެޅުމުގެ ދަޢުވަތު                                                           

 

  * މި ސްކޫލްގެ ދަރިވަރުންގެ އެކްޓިވީ ޔުނީފޯމް މިސްކޫލުންދޭ ނަމޫނާ އާއި އެއްގޮތަށް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 އޭޕްރީލް 2023 ން 19 އޭޕްރީލް 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

  * މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 އޭޕްރީލް 2023 ވަނަދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިމަރުކަޒަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  * މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 20 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮންނާނެއެވެ.

  * ބިޑް ހުޅުވުން އޮންނާނީ 24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެހެނދުނު 11:00 ގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

  * ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  • އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

  * މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ށ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެންހުންނާނެއެވެ.

  * ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • ށ. އަތޮޅު ތަޢުލީމީ މަރުކަޒު
  • ފޯން: 6540062
  • އީ-މެއިލް:[email protected]  
12 އޭޕްރިލް 2023
ހޯދާ