މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ނަރުދޫ ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ބޭނުންވާ ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރު)

އިޢުލާން

ށ. ނަރުދޫ ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ބޭނުންވާ ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރު)

  1. މިކައުންސިލުން ދޭ މިރަށުގެ ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ބޭނުންވާ ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 278/278/2023/14(IUL) (13 ނޮވެންބަރު 2022) އިޢުލާނާއި ގުޅިގެން ހުށަހެޅި ބިޑްތަކުގެ ޝަރުޠު ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 2023 އޭޕްރީލް 18 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޭޕްރީލް 20 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާނުގައިވާ އީމެއިލް އެޑްރެހަށް، އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 އޭޕްރީލް 27 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
  6. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ

ނަރުދޫ

ދިވެހިރާއްޖެ

ފޯން: 6540049

އީމެއިލް: [email protected]

ކޮޕީ މެއިލް: [email protected]

                  19 ރަމަޟާން 1444

                  10 އޭޕްރީލް 2023

10 އޭޕްރިލް 2023
ހޯދާ