ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދެއްވާނެ ފަރާތެއް ހޯދުމަށް

ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދެއްވާނެ ފަރާތެއް ހޯދުމަށް

  • ބ. އަތޮޅު މަދަރުސާގެ އެކްޓިވިޓީ ޔުނީފޯމް 3 ( ތިނެއް ) އަހަރު ދުވަހަށް ފަހައި ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  • މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  • މިބީލަން ތަކުގައި  ބައިވެރިވާން އެދޭ ފަރާތްތަކުން ، 06 އޭޕްރީލް 2023 ން 12 އޭޕްރީލް 2023 އާއި، ދެމެދު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00 އަށް ސްކޫލް އޮފީހަށް ދުރުވެ ނުވަތަ ރެޖިސްޓްރޭޝަން ފޯމް https://forms.gle/1xPbANYWopyMvTgi6 ފުރުއްވައިގެން  ނަންނޯޓް ކުރެއްވުން އެދެމެވެ.
  • ރެޖިސްޓަރ ކުރުމަށް ލިންކްގައިވާ ފޯމް ފޮނުވުމަށްފަހު މިސްކޫލް ނަންބަރު 6600034 އަށް ރަސްމީ ގަޑީގައި ގުޅުއްވާ ކަށަވަރުކުރުން އެދެމެވެ.
  • މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 އޭޕްރީލް 12 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  • މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 12:30 ގައި ސްކޫލް އޮފީހުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ނަންނޯޓް ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • ބިޑް ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 2023 އޭޕްރީލް 20 ވާ ބުރާސްފަތި ދުވަހުގެ 12:30 ގައި ބ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. 

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ބ. އަތޮޅު މަދަރުސާ
  • ބ. ދަރަވަންދޫ
  • ފޯން: 6600034
  • އީ-މެއިލް:[email protected] 

 

                    15 ރަމަޟާން 1444

06 އޭޕްރިލް 2023
ހޯދާ