އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ގަމުގެ އެކި ސަރަޙައްދުތަކަށް ހަޑިވާ ޒާތުގެ ބާވަތްތައް އަޅަމުން ގެންދިއުން

މިހާރަކަށް އައިސް ގަމުގެ އެކި ސަރަޙައްދުތަކަށް ޢާންމުން ޕިކްނިކް ދަތުރު އައުމާއި، ގޮނޑުދޮށްތައް ބޭނުންކުރުމާއި، އަދި ތަން ބޭނުންކުރުމަށްފަހު، ފުޅިއާއި ދަޅާއި އަދި އެހެނިހެންވެސް ހަޑިވާ ޒާތުގެ ބާވަތްތައް އަޅަމުންގެންދާތީ ދަންނަވަމެވެ. ގަމަކީ އިންޓަރނޭޝަނަލް އެއަރޕޯޓަކާއި އަދިވެސް ތަފާތު ސިނާއީ މަސައްކަތްތައް ހިންގަމުންދާ ރަށެކެވެ. އިންޓަރނޭޝަނަލް އެއަރޕޯޓްތަކަކީ ސަލާމަތީ ގޮތުންނާއި، ރައްކާތެރިކަމުގެ ގޮތުން ވަކި މިންގަނޑުތަކެއް ބަހައްޓަންޖެހޭ، އިންޝުއަރ ކުރެވިފައި ހުންނަ ތަންތަން ކަމުގައި ވެފައި، ގަމުގެ އެކި ސަރަޙައްދުތަކަށް ޢާންމުން ޕިކްނިކް ދަތުރު އައުމާއި، ގޮނޑުދޮށްތައް ބޭނުންކުރުން ފަދަ ކަންތައްތައް ހިންގަމުންގެންދާތީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރަމުންދާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިއަދުން ފެށިގެން، ގަމުގެ އީކުއޭޓަރވިލޭޖާއި އަދި ކުރީގެ ދޫގަސްއަށް ކަނޑައެޅިފައިވާ ސަރަޙައްދުތައް ފިޔަވައި، ގަމުގެ އެއްވެސް ދިމާލަކަށް ޕިކްނިކް ދަތުރު އައުމާއި، މަސްބޭނުން އަދި އެހެންވެސް ތަނާ ގުޅުމެއްނެތް ޢާންމުން ގަމުގެ އޮފީސް ސަރަޙައްދާއި އެއަރފީލްޑް އެކްސެސް ޕޮއިންޓްތަކާއި މީގެ އިތުރުން ވަނުން މަނާކަން ފާހަގަ ކޮށްފައިވާ ސަރަޙައްދުތަކަށް ވަނުމަކީ މަނާކަމެއް ކަމުގައި ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. އަދި 06 ޖަނަވަރީ 2015 ވަނަ ދުވަހުން ފެށިގެން މިފަދަ ފަރާތްތައް ހުއްޓުވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  އަދި މިގަވާއިދާއި ޚިލާފުވާ ފަރާތްތަކާމެދު ހަމަޖެހިފައިވާ އުސޫލުގެ މަތިން ފިޔަވަޅު އެޅޭނެ ވާހަކަވެސް ދެންނެވީމެވެ.

06 ޖަނަވަރީ 2015
ހޯދާ