މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކަނޑާ އައްޓެއް ހަދާދޭނެ ފަރާތެއް ހޯދުން

އިޢްލާން

                  މަސްކަނޑާ  އައްޓެއް  ހަދާދޭނެ  ފަރާތެއް  ހޯދުމަށް  ކުރި  މި އިދާރާގެ ނަންބަރު: (IUL)275-PM/275/2023/07 (20 ފެބުރުވަރީ 2023) އިޢްލާނާއި ގުޅިގެން ބީލަމުގައި ރަޖިސްޓަރީ ވެފައިވަނީ 01 ފަރާތުންކަމަށް ވާތީ އެ އިޢްލާން ބާޠިލުކުރުމަށް ފަހު، މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު ބަނދަރުގައި މަސްކަނޑާ އައްޓެއް ހަދާދޭން ޝަޢުޤުވެރިވެލައްވާ ދިވެހިންނަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު  އަލުން ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

                  މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހަޅުއްވާ ރަޖިސްޓްރީވެލައްވަން ޖެހޭނެއެވެ.

  • 09 އޭޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 09:00 އިން
  • 13 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް

މަޢުލޫމާތު ދިނުން:

  • 20 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމު

ބީލަން ހުށަހެޅުން:

  • ބީލަން ހުޅުވުން އޮންނާނީ 30 އޭޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

                  ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލް ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމަތު ފުރިހަމަނުވާ ބީލަންތަށް ބާޠިލުކުރެވޭނެއެވެ.

                  މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރީމެވެ.

05 އޭޕްރިލް 2023
ހޯދާ