މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީ ވެބްސައިޓް 'ޑިވެލޮޕް' ކުރާނެ ފަރާތެއް ހޯދުން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގެ ވެބްސައިޓް 'ޑިވެލޮޕް' ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

އެހެންކަމުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 އެޕްރީލް 2023 (އާދީއްތަ) ދުވަހު ގެ 11:00 އަށް މި އޮތޯރިޓީ (5 ވަނަ ފަންގިފިލާ، ޢުމަރު ޒާހިރު އޮފީސް ޢިމާރާތް، ހުޅުމާލެ، އޯކިޑްމާ ހިނގުން) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 13 އެޕްރީލް 2023 (ބުރާސްފަތި) ދުވަހު ގެ 11:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވާ އިރު، ބީލަމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމައަށް ހުށަހެޅުއްވުމަށާއި ޕްރޮޕޯޒަލްގައި ހިމަނަން ޖެހޭ ހުރިހާ ބައެއް ޕްރޮޕޯޒަލްގައި ހިމެނުމާ އެކު ޗެކްލިސްޓް ފުރިހަމަ ކުރުމަށް ޚާއްޞަ ސަމާލިކަމެއް ދެއްވުމަށް ދަންނަވަމެވެ.

 

ބީލަމާގުޅޭ މުހިންމު ސުންގަޑިތައް

މައުލޫމާތު ސާފުކުރުން

 

ތަން: މީޓިންގ ރޫމް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (5 ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް ޢިމާރާތް، ހުޅުމާލެ)

 ތާރީޚް: 09 އެޕްރީލް 2023 (އާދީއްތަ)

 ގަޑި: 11:00

ބީލަން ހުށަހެޅުން

 

ތަން: މީޓިންގ ރޫމް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (5 ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް ޢިމާރާތް، ހުޅުމާލެ)

 ތާރީޚް: 13 އެޕްރީލް 2023 (ބުރާސްފަތި)

 ގަޑި: 11:00

 

30 މާރިޗު 2023
ހޯދާ