ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގދ. ނަޑެއްލާ ކުޑަކުދިންގެ ޕާރކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރ:(IUL)418-AS/418/2023/07  (09 މާރޗް 2023) އިޢުލާނާއި ގުޅިގެން ޝަރުޠުހަމަވާ ބީލަމެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މި މަސައްކަތާބެހޭ އެންމެހާ ލިޔެކިޔުންތައް މި ލިންކުން https://tinyurl.com/35bka2nd ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު ކޯޑު ސްކޭންކޮށްގެން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި ބީލަމާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތުގެ ހާރޑުކޮޕީ މި އިދާރާގެ ކައުންޓަރުންވެސް ލިބެންހުންނާނެއެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 10 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ތިރީގައިއެވާ ގޫގަލް ފޯރމްއިން ރެޖިސްޓްރީކުރެވޭނެއެވެ.  

ގޫގަލް ފޯރމް ލިންކް: https://tinyurl.com/bdzfrn2n  

 

ބީލަން ހުށަހެޅުން އޮންނާނީ 11 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 10:30 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަން، އިޢުލާނު ނަމްބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

30 މާރިޗު 2023
ހޯދާ