މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ރޭންކް: ޖީ. އެސް 3

ކޯޓު އޮފިސަރ

މަޤާމް

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

1 (އެކެއް)

އަދަދު

މިލަދުންމަޑު ލުދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް

މަސައްކަތް ކުރަންޖެހޭ ތަން

-/4465 ރުފިޔާ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

އަސާސީ މުސާރަ

-/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

އަސާސީ މުސާރައިގެ %30

ޖުޑީޝަލް އެލަވަންސް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިތުރުގަޑީގެ ފައިސާ

ޖީސީއީ އޯލެވެލް، އައީޖީސީ އެސްއީ، އެސްއެސްސީ އިމްތިޙާނުން ދަށްވެގެން ދެ މާއްދާއިން ޑީ ފާސް ލިބިފައިވުމާއެކު، ދިވެހި މި މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.

އަސާސީ ޝަރުޠު

- ޝަރީޢަތަށް މީހުން ހާޒިރުކުރުމުގައި، ކޯޓުގެ މެޖިސްޓުރޭޓް ނުވަތަ ކޯޓާ އޭރަކު ހަވާލުވެ ހުންނަ މެޖިސްޓުރޭޓަކު އަންގާ ގޮތެއްގެމަތިން ފިޔަވަޅު އަޅަމުންދިއުމާއި، ކޯޓް އަމުރާއި، ބަންދު އަމުރު، އަންގާ ގޮތެއްގެމަތިން ތައްޔާރުކޮށް ބެލެހެއްޓުން.

- ކޯޓްރޫމާ ގުޅޭގޮތުން އިންތިޒާމްކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް، ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުން.

- ކޯޓާ ހަވާލުވެހުންނަ މެޖިސްޓުރޭޓަކު އަންގާ ގޮތެއްގެމަތިން ދަޢުވާފޯމް ޤަޟިއްޔާކުރުން ނުވަތަ މައްސަލަ    ހުށަހެޅުމާއި، ޖަވާބުދޭންޖެހޭ ފަރާތްތަކަށް ޖަވާބު ދިނުމަށް، އަންގާ ގޮތެއްގެމަތިން ދަޢުވާ ފޯމުތަކުގެ ޖަވާބު ފޮނުވުން.

- މައްސަލަތަކުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކޮށް، ކަމާގުޅޭ ފައިލަށް ލުމަށް ހަވާލުކުރަންޖެހޭ  މުވައްޒަފާ ހަވާލުކުރުމާއި، މައްސަލަ ނިމޭތާ ގިނަވެގެން މަސްދުވަހުގެތެރޭގައި މައްސަލައިގެ ރިޕޯޓް ލިޔެ ފައިލް ހަވާލުކުރުން.

- މަޙުޟަރުތައް ލިޔެބެލެހެއްޓުމާއި، ޤަޟީއްޔާތަކާގުޅީގެން ފައިލަށް ލާންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަޔަށް ލެވެފައި ހުރިތޯ ބެލުމާއި، އެފަދަ ލިޔުންތައް ފައިލުތަކަށް މެޖިސްޓުރޭޓް އަންގާފައިވާ ތަރުތީބަކުން ލުން.

- މެޖިސްޓުރޭޓް އަންގާ ގޮތެއްގެމަތިން މައްސަލަތައް ތާވަލުކުރުމާއި، ޤަޟިއްޔާތަކާ ގުޅިގެން އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ދިނުމަށް މެޖިސްޓުރޭޓް އަންގާ ގޮތެއްގެމަތިން ޖަވާބު ތައްޔާރުކުރުމަށް އިދާރީ ކަންކަމާ ހަވާލުވެހުންނަ މުވައްޒަފާ ހަވާލުކޮށްގެން ޖަވާބު ތައްޔާރުކުރުމާއި، އެ ސީޓީތަކަށް ޖަވާބު ފޮނުވޭތޯ ބެލުން.

- ކުރާ ޙުކުމްތަކާއި، ކޯޓާ ހަވާލުވެ ހުންނަ  މެޖިސްޓުރޭޓަކު އަންގާ ގޮތެއްގެމަތިން، ކޯޓުން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް، އެކަމާ ހަވާލުވެ ހުންނަ މުވައްޒަފެއް މެދުވެރިކޮށް އެންގުން.

- ޝަރީޢަތްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެކިއެކި ލިޔުންތައް ތައްޔާރުކުރުން.

-  ތަޞްދީޤުކުރުމަށް ކޯޓަށްހުށަހެޅޭ ލިޔުންތަކާމެދު މެޖިސްޓުރޭޓް އަންގާ ގޮތެއްގެމަތިން ފިޔަވަޅުއެޅުން.

- ޝަރީޢަތާގުޅޭ އެންމެހައި ފޮތްތައް ލިޔެ ބެލެހެއްޓުން. (މީގެތެރެއިން، ވަރީގެ ރަޖިސްޓްރީއާއި، ވަރީގެ ދަފްތަރު، ވަރި ފަސްޚް ތަފްރީޤު ސެޓްފިކެޓް ހަވާލުކުރާ އިސްތިސްނާވާނެއެވެ.)

-  ކޮންމެ ދުވަހަކުވެސް ބަރާބަރަށް ކޯޓުގެ މެއިލް ޗެއްކުރަމުން ގެންދިއުމާއި، ޖަވާބުދޭންޖެހޭ ތަކެއްޗަށް، އެކަމާގުޅޭ މުވައްޒަފަކާ ހަވާލުކޮށްގެން ޖަވާބުފޮނުވުމުގެ ކަންކަން ބެލެހެއްޓުން.

- މުއްދަތުޖެހުމަށާއި، އެނޫންވެސް އަމުރެއްދިނުމަށް ނުރަސްމީ ގަޑީގައި ކޯޓް ހުޅުވަން ޖެހިއްޖެނަމަ، އެކަމާގުޅޭ އެންމެހައި ކަންކަން އިންތިޒާމްކުރުން.

- ކޯޓުގެ އިދާރީ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ، އެ މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގެ ތެރެއިން ވެރިޔަކު ހަވާލުކުރާ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ކޯޓުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން މެޖިސްޓުރޭޓް ހަވާލުކުރާ މިނޫން މަސައްކަތްތައްވެސް ކުރުމާއި، ކޯޓް ހުޅުވައި ލައްޕަން ޖެހިއްޖެނަމަ އެ މަސައްކަތްވެސް ކުރުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (މި ފޯމު، ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

 ހުށަހަޅަންޖެހޭ ތަކެތި

2015 ޖަނަވަރީ 18 ވަނަ ދުވަހުގެ 14:30 ގެ ކުރިން، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމް ފެކުހުންނާއި އީމެއިލުން ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

ސުންގަޑި

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށްފައި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ، އެ ފޯމް ބާޠިލުވާނެއެވެ.

- މި މަޤާމަށް އެދި  ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށް ވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގައި "ޝަރުޢީ ދާއިރާގެ ވަޒީފާއަށް ޢައްޔަންކުރެވޭ ޝަރުޠުތައް" ހަމަވާ މީހަކަށް ވާންވާނެއެވެ. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގެ ކޮޕީއެއް ވަޒީފާއަށް އެދޭ ފޯމާއެކު ލިބޭނެއެވެ.

އިތުރު މަޢުލޫމާތު

17 ރަބީޢުލްއައްޥަލް 1436

08 ޖަނަވަރީ 2015
ހޯދާ