މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މާލެ އޭރިއާގެ ރަށެއްގައި އުފެދިފައިވާ ކުނިތަކެއް އުކާލަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ.

މާލެ އޭރިއާގެ ރަށެއްގައި އުފެދިފައިވާ ކުނިތަކެއް އުކާލަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް މީގެ ކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2022/292 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލްކޮށް އަލުން މިކަމަށް އިޢުލާންކުރީމެވެ.

މިމަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށް، މިދަންނަވާ މަޢުލޫމާތު ފޮނުއްވައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވޭނެ އެންމެ ފަހު ތާރީޚަކީ 08 އެޕްރީލް 2023 ވަނަ ދުވަހުގެ 23:59 އެވެ. އުކާލަންޖެހޭ ކުނިތައް، ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ދައްކާލެވޭނެއެވެ. އަދި މިފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތާއި ތާރީޚް ލިޔުމުން ދެވޭނޭއެވެ.

އަންދާސީހިސާބު ހުށަހެޅުމަށް، ރަޖިސްޓްރީކުރުމަށް ބޭނުންވާ މަޢުލޫމާތު:

  • ބިލާމުގައި ބައިވެރިވާ ފަރާތުގެ، ވިޔަފާރީގެ ނަން.
  • ބިލާމުގައި ބައިވެރިވާ ފަރާތާއި ގުޅޭނެ ފޯނު ނަންބަރު.
  • ބިލާމުގައި ބައިވެރިވާ ފަރާތާއި މުޢާމަލާތްކުރެވޭނެ އީމެއިލް އެޑްރެސް.
  • ކުނިގޮނޑު ބެލުމަށް، ބީލަމުގައި ބައިވެރިވާ ފަރާތުން ހާޟިރުވާނެ ފަރާތުގެ އައިޑީ ކާޑް/ވޯކްޕާމިޓް ކޮޕީ.

މިނިސްޓްރީގެ އީމެއިލް އެޑްރެހާއި ފޯނު ނަންބަރު:

  • އީމެއިލް އެޑްރެސް: [email protected]
  • ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)

 

‏7‏ ރަމަޟާން‏ 1444

‏29‏ މާރޗް‏ 2023

 
29 މާރިޗު 2023
ހޯދާ