އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިމަންދޫ ބައު އިންޖީނުގެހުރި ބިން 20 އަހަރަށް ކުއްޔަށް ދިނުމާއި ގުޅޭ

އިޢުލާން

ހިމަންދޫ ކުރީގެ އިންޖީންގެ ހުރި ބިން 20 އަހަރު ދުވަހަށް ކުއްޔަށް ދިނުމާއި ގުޅޭ

 

 

 

ކުރީގެ އިންޖީންގެ ހުރި ބިން ކުއްޔަށް ދިނުމަށް ހުޅުވާލަމެވެ.

ހިމަންދޫ ކުރީގެ އިންޖީންގެ ހުރި ބިން 1009 އަކަފޫޓް ކޮމާޝަލް ބޭނުންތަކަށް ބޭނުންކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މި ބިމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 03 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑު ރަޖިސްޓަރ ކުރެއްވުމަށް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓު ފުރިހަމަ ކޮށް މިއިދާރާގެ [email protected]  އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.       

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ  04 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދޫކުރެވޭނެއެވެ.

ބިމާއި ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 7948087 އަށް ގުޅުއްވައި ސާފުކުރެއްވުން އެދެމެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 10 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 13:00ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބީލަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                                            7 ރަމަޞާން 1444ހ

                                                              29 މާރިޗް 2023މ

29 މާރިޗު 2023
ހޯދާ