ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީ ކުނިގޮނޑުގައި ޖަމާކުރެވިފައިވާ ދަގަނޑުތަށްނަގައި ސާފުކޮށް ތިލަފުއްޓަށް ގެންދިއުން

       
     
   
 

 

 

 

 

އިޢުލާން

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީ ކުނިގޮނޑުގައި ޖަމާކުރެވިފައިވާ ދަނގަނޑުތަށް ނަގައި ސާފުކޮށް ތިލަފުއްޓަށް ގެންދިއުން

 

  1. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވުމަށް -/1000 ރުފިޔާ ( އެއްހާސް ރުފިޔާ ) ގެ ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 30 މާރޗް 2023 އިން 06 އެޕްރީލް 2023 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 އިން 13:00 އަށް ފ.ފީއަލީ ކައުންސިލް އިދާރާއިންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
  3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ބީލަމާގުޅޭގޮތުން ތައްޔާރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި، ބީލަމަށް ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.
  5. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 06 އެޕްރީލް 2023 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
  6. ބިޑް ހުޅުވުން އޮންނާނީ 12 އެޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ

      އަމީނީމަގު، ފ.ފީއަލީ، ދިވެހިރާއްޖެ.

      ފޯން: 6740012،7970804

      އީމެއިލް: [email protected]

      ކޮޕީ: [email protected]

 

07 ރަމަޟާން 1444 ހ.

29   މަޗް  2022 މ.

 

 

   މޫސާ އަހުމަދު

   ފީއަލީ ކައުންސިލްގެ ރައީސް

 

 

 

 

29 މާރިޗު 2023
ހޯދާ