މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮވިޑް-19 ގެ ވަބާ ގެ ތެރޭގައި އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީ ގެ ދަށުން ހިންގަމުން ގެންދިޔަ ނާރސިންގ ދާއިރާ ގެ ޕްރޮގްރާމްތައް ހިންގުމާ ގުޅޭ

ކޮވިޑް-19 ވަބާގެ ތެރޭގައި ފައްޓާފައިވާ ނުވަތަ އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ހިންގުމުގެ ހުއްދަ ލިބިގެން ހިންގަމުން އަންނަ ޕްރޮގްރާމްތަކުގެ ތެރެއިން މި އޮތޯރިޓީ ގެ "ގައިޑްލައިންސް ފޯރ އީ-ލަރނިންގ" ގައިޑްލައިން ގެ ޑެލިވަރީ މޮޑަލިޓީން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ މަތީ ތަޢުލީމީ ޕްރޮގްރާމްތައް ކުރިޔަށް ގެންދެވޭނީ 20 އޮކްޓޯބަރ 2022 ގެ ކުރިން ފައްޓާފައިވާ ކަމަށް މި އޮތޯރިޓީއަށް މަޢުލޫމާތު ހުށަހަޅާ ބެޗްތައް ޤަބޫލުކުރާނެ ކަމަށް މި އޮތޯރިޓީ ގެ ނަންބަރ 218/218/2022/3 ސިޓީން ރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒުތަކަށް އެންގިފައި ވީ ނަމަވެސް ނާރސިންގ ދާއިރާ ގެ ޕްރޮގްރާމްތައް ދިގު މުއްދަތަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީ ގެ ދަށުން ކުރިޔަށް ގެންދިއުމަކީ އެ ދާއިރާ ގެ ލައިސެންސިންގ އިދާރާ ކަމުގައި ވާ މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ހުއްދަ ދީފައިވާ ގޮތް ނޫންކަމަށް އެ ކައުންސިލުން މި އޮތޯރިޓީ އަށް ވަނީ އަންގާފައެވެ.

 

ކޮވިޑް-19 ގެ ވަބާ ގެ ތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީ ގައި ހިންގުމުގެ ޢާއްމު ހުއްދައެއް މި އޮތޯރިޓީގެ ނަންބަރ (IUL)218-CS/1/2020/9 15 މާރޗް 2020 ވަނަ ދުވަހުގެ އިޢުލާނުން ދީފައިވީ ނަމަވެސް، މިހާރު އެ ޙާލަތު އުވާލާފައި ވުމާއި، ނާރސިންގ ކައުންސިލް ގެ އެދިވަޑައި ގަތުމާ އެކު، ނާރސިންގ ކޯސްތައް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ކުރިޔަށް ގެންދިއުމުގެ ހުއްދަ ދެވެން ނެތް ކަމުގައި ދަންނަވަމެވެ. ވުމާއެކު، ނާރސިންގ ޕްރޮގްރާމްތައް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ހިންގުމާ ގުޅޭ ގޮތުން މި އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ގެ 2022 ވަނަ އަހަރު ގެ 26 ވަނަ ބައްދަލުވުމުގައި މަޝްވަރާ ކުރެވި ނިންމާފައި ވާ ގޮތަށް، ނަރސިންގ ކައުންސިލުން ހުށަހަޅުއްވާފައިވާ ގޮތަށް މަތީ ތައުލީމުދޭ މަރުކަޒުތަކުން މިހާރު ހިނގަމުންދާ ސެމިސްޓަރ ގެ ނިޔަލަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ނާރސިންގ ދާއިރާ ގެ ކޯސްތައް ހިންގުން ހުއްޓާލުމަށް އަންގަމެވެ. މި އެންގުމާ ޚިލާފަށް ހިންގަމުން އަންނަ ނާރސިންގ ޕްރޮގްރާމްތައް، މި ދާއިރާގެ ލައިސެންސިންގ އިދާރާ ކަމުގައި ވާ ނާރސިންގ ކައުންސިލް ގެ  ލަފަޔާ އެއްގޮތަށް އެމް.ކިއު.އޭ އިން ބަލައިނުގަންނާނެ ވާހަކަ އާއްމުކޮށް އިޢުލާން ކުރަމެވެ. ވީމާ، މިކަން ޢާއްމުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

28 މާރިޗު 2023
ހޯދާ