ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ފަރާތުން ޤާއިމް ކުރުމަށް ހަމަޖެހިފައިވާ އެކޮމޮޑޭޝަން ބްލޮކަށް ބޭނުންވާ ތަކެތި މިއިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި

އިޢުލާން

 

މިއިދާރާގެ ފަރާތުން ޤާއިމް ކުރުމަށް ހަމަޖެހިފައިވާ އެކޮމޮޑޭޝަން ބްލޮކަށް ބޭނުންވާ ތަކެތި މިއިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، މިއިދާރާގެ ފަރާތުން ޤާއިމް ކުރުމަށް ހަމަޖެހިފައިވާ އެކޮމޮޑޭޝަން ބްލޮކަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 04 އޭޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ 11:30 ގައި ފ.ފީއަލީ ކައުންސިލްއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 03 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 11:30 ގެކުރިން، [email protected]  އީމެއިލް އެޑްރެހަށެވެ. އަދި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ގުޅުއްވާނީ 7666594 އަށެވެ. މި އިޢުލާނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26 މާރިޗް 2023

04 I 1444

 

 

 

                                                              މޫސާ އަޙްމަދު

 

 

                                                          ފީއަލީ ކައުންސިލް ރައީސް

26 މާރިޗު 2023
ހޯދާ