މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

 

މަޤާމް:

މެނޭޖަރ

ސެކްޝަން/ޑިވިޜަން:

އިންޝުއަރެންސް ލައިސެންސިން އެންޑް ރެގިއުލޭޝަން ސެކްޝަން / އިންޝުއަރެންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިންޝުއަރެންސް / ފައިނޭންސް / އެކްޗުއޭރިއަލް ސައެންސްއާ ގުޅޭ ދާއިރާއަކުން މާރސްޓާސް ޑިގްރީ ހާސިލުކޮށްފައިވުން
  • އިންޝުއަރެންސްގެ ދާއިރާއިން ނުވަތަ އެއާ ގުޅުންހުރި ޓެކްނިކަލް ދާއިރާއަކުން މަދުވެގެން8 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން
  • އިންޝުއަރެންސްއާ ގުޅޭ ޕްރޮފެޝަނަލް ސެޓްފިކެޓެއް ޙާޞިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އިންޝުއަރެންސް ޚިދުމަތްދިނުމަށް ލައިސަންސް ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްތައް އެނަލައިޒް ކުރުމާއި ހުއްދަ ދޫކުރުމުގެމަސައްކަތް ކުރުން
  • އިންސުއަރެންސް ސެކްޓާރ އަށްހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން
  • އިންޝުއަރެންސްގެ ޚިދުމަތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒުކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތް  ކުރުން

މުސާރަޔާއި އިނާޔަތްތައް

31,000.00 – 32,800.00 ރުފިޔާ

މަޤާމް:

މަނިޓަރީ އެސިސްޓެންޓް 

ސެކްޝަން/ޑިވިޜަން:

އެކްސްޗޭންޖް ރޭޓް އެންޑް ރިޒަރވް މެނޭޖްމަންޓް ޕޮލިސީ ސެކްޝަން/މަނިޓަރީ ޕްލިސީ އެންޑް އެކްސްޗޭންޖް ރޭޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިކޮނޮމިކްސް / އެޕްލައިޑް އިކޮނޮމިކްސް / އިކޮނޮމެޓްރިކްސް / ކުއަންޓިޓޭޓިވް އިކޮނޮމިކްސް / މަނިޓަރީ އިކޮނޮމިކްސްއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • އިކޮނޮމެޓްރިކް މޮޑެލިން އެންޑް އެނަލިސިސް، ޑޭޓާ އެނަލިސިސް ގެ ދާއިރާގެ ތަމްރީން އަދި ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަނިޓަރީ އަދި އެކްސްޗޭންޖެ ރޭޓް ޕޮލިސީ އެކުލަވާލުމުގެ މަސައްކަތްކުރުން
  • މަނިޓަރީ އަދި އެކްސްޗޭންޖް ރޭޓް ޕޮލިސީ އެކުލަވާލުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި ޕޮލިސީ ނޯޓްތައް ތައްޔާރުކުރުން 
  • ރާއްޖޭގެ މަނިޓަރީ އަދި ފޮރިން އެކްސްޗޭންޖް މާރކެޓްގެ ހާލަތު ދެނެގަތުމަށް ހަަދަންޖެހޭ އެނަލިސިސްތައް ހެދުން
  • ރާެއްޖޭގެ ރަސްމީ ރިޒަރވް މެނޭޖްކުރުމުގެ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތްތައްކުރުން

 

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ކްރެޑިޓް އިންފޮމޭޝަން ސެކްޝަން / ފައިނޭންޝަލް އެންޑް ކޮންސިއުމަރ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބިޒްނަސް  އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ތަޖުރިބާއާއި ހުނަރު ހުރި ފަރާތްތަކަށާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ތަމްރީނާއި ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކްރެޑިޓް އިންފޮމޭޝަން ސެކްޝަނަށް ލިބޭ ކުރެޑިޓް ޑޭޓާ ޗެކްކޮށް ޑޭޓާގެ ސައްހަކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން އަދި ޑޭޓާއާ ބެހޭ ރިޕޯޓްތައް ތައްޔާރުކުރުން
  • ކްރެޑިޓް އިންފޮމޭޝަންގެ ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައާއި  ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްކުރުން
  • ކްރެޑިޓް އިންފޮމޭޝަންގެ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ބޭނުންްވާ ދިރާސާތައްކޮށް ކްރެޑިޓް އިންފޮމޭޝަންގެ ނިޒާމް ހަރުދަނާކުރުމަށް ގެންނަންޖަހޭ ބަދަލުތައް ހުށަހަޅާ އެފަދަ ބަދަލުތައް ގަނައުމުގެ މަސައްކަތުގައި އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ސެކްޝަން / ފައިނޭންޝަލް އެންޑް ކޮންސިއުމަރ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ·      އިކޮނޮމިކްސް / ލޯ / ބިޒްނަސް އެޑްމިނިސްޓްރޭޝަންއާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފައިނޭންޝަލް ސެކްޓަރގެ ޚިދުމަތް ހޯދާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައިގަނެ، އެ ޝަކުވާތައް ދިރާސާކުރުން
  • ފައިނޭންޝަލް އިންކްލޫޝަނާއި ފައިނޭންޝަލް ލިޓްރަސީ ހުރި މިންވަރު ދެނެގަނެ ލިޓްރަސީ އިތުރުކުރަމަށް ބޭއްވޭ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އެހީތެރިވުމާއި ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަންގެ މަސައްކަތްތައް ކުރުން
  • ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަންއާ ބެހޭ ޤާނޫނުތަކާއި ޤަވާއިދުތަށް ދިރާސާކުރުމާއި އެމްއެމްއޭ އިން ރެގިއުލޭޓް ކުރާ މާލީ އިދާރާތަކުގެ ފައިނޭންޝަލް ކޮންސިއުމަރ ކޮމްޕްލެއިންޓް ހޭންޑްލިންގ ޕޮލިސީތަށް ބަލާ އެނަލައިޒްކުރުން

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

މާރކެޓް އެނަލިސިސް ސެކްޝަން / ރިޒަރވް މެނޭޖްމަންޓް އެންޑް މާކެޓް އޮޕެރޭޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ފައިނޭންސް އެންޑް އިކޮނޮމިކްސް / ބޭންކިން އެންޑް ފައިނޭންސް / އެކައުންޓިންގ އެންޑް ފައިނޭންސް / ޑޭޓާ އެނަލިޓިކްސްއާ ގުޅުންހުރި ދައިރާއަކުންް ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ފައިނޭންސްގެ ދާއިރާއިން ތަޢުލީމް ހާޞިލްކޮށްފައިވާ ފަރާތްތަކަށާއި މާލީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މާލީބާޒާރާއި ބެހޭ ދިރާސާކޮށް މަޢުލޫމާތު އެއްކޮށް ރިޕޯޓް ތައްޔާރު ކުރުން.
  • އިންވެސްޓްމެންޓްތައް މޮނިޓަރ ކުރުމާއި އިންވެސްޓް ކުރުމުގައި ހުރި ފުރުސަތުތައް ހޯދާ ރިސާރޗް މަސައްކަތް ކުރުން
  • މާލީ ބާޒާރަށް އަންނަ ބަދަލުތައ ދިރާސާކުރުމާއެކު ފައިނޭންޝަލް އިންސްޓްރޫމަންޓްގެ ވެލުއޭޝަން ހެދުން
  • ރިޒާރވް މެނޭޖްމެންޓާއި ގުޅޭ ރިޕޯޓްތައް ތައްޔާރު ކޮށް އެނަލައިޒް ކުރުމާއި ރިސްކް މެނޭޖް ކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް އެންޑް ސެޓްލްމެންޓް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ބޭންކިން  އެންޑް ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ކޮންޕިއުޓަރ ސައިންސް  ނުވަތަ މިދާއިރާތަކާ ގުޅޭ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާއަށް މީހަކު ހޮވުމުގައި ޑޭޓާ އެނަލިސިސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ތަޢުލީމާއި ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

 

  • މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް ސިސްޓަމް، އޮޓޮމޭޓެޑް ކްލިއަރިންގ ހައުސް އަދި ސްވިފްޓް ސިސްޓަމްއާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން
  • ޕޭމަންޓް ސިސްޓަމްސްގެ ޑިވެލޮޕަމަންޓް މަސައްކަތާއި ޕޭމަންޓް ސިސްޓަމްސްތަކާ ގުޅޭ ތަފާސް ހިސާބްތައް ބެލަހެއްޓުމާއި ޑޭޓާ އެނަލައިޒް ކުރުމުގެ މަސައްކަތް ކުރުން.

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އެންޑް މެނޭޖްމަންޓް ރިޕޯޓިން ސެކްޝަން/ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިންފޮމޭޝަން ޓެކްނޮލޮޖީ/ އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން / އެކައުންޓިން އެންޑް ފައިނޭންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • އެކައުންޓިންއާ ގުޅޭ އައިޓީ ސިސްޓަމްތަކަށާއި ސެކްޝަންގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށް ބޭނުންވާ އެޕްލިކޭޝަންތައް ޑެވެޕޮލްކުރުމުގެ ތަމްރީން އަދި ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް ތައްޔާރު ކުރުން
  • މެނޭޖްމަންޓަށް ބޭނުންވާ ފައިނޭންޝަލް ރިޕޯޓްތައް ތައްޔާރުކޮށް ހުށަހެޅުން
  • ޕްރޮގްރާމިންގ ލޭންގުއޭޖްތަށް ބޭނުންކޮށްގެން ފައިނޭޝަލް ޑޭޓާބޭސްއެއް ގާއިމުކުރުމުގެ މަސްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ހިއުމަންރިސޯސް ޑިވެލޮޕްމަންޓް ސެކްޝަން / ހިއުމަން ރިސޯސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ހިއުމަން ރިސޯސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށް އޮތޯރިޓީން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ އިންތިޒާމްތައް ހަމަޖެއްސުން.

މުސާރަޔާއި އިނާޔަތްތައް

11,750.00 – 13,250.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

މާރކެޓް އޮޕަރޭޝަންސް ސެކްޝަން / ރިޒަރވް މެނޭޖްމަންޓް އެންޑް މާކެޓް އޮޕެރޭޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ބިޒްނަސް ސްޓްރީމްގެ މާއްދާތައް ކިޔަވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނިޓަރީ ޕޮލިސީ ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ އޮޕަރޭޝަނަލް މަސައްކަތް ކުރުން.

މުސާރަޔާއި އިނާޔަތްތައް

11,750.00 – 13,250.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓްސް ސެކްޝަން / ޕަބްލިކް ބޭންކް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕޭމަންޓްހެދުމަށް ލިބޭ ޑޮކިއުމަންޓްސްތައް އެކައުންޓިން އަދި ޕޭމަންޓްސިސްޓަމަށް އެންޓަރ ކުރުން.
  • އެމްއާރުޓީޖީއެސް އަދި އޭސީއެޗް ސިސްޓަމް މެދުވެރިކޮށް ޕޭމަންޓްތައް ޕްރޮސެސް ކުރުން
  •  އެކިއެކި އިދާރާތަކުން އެމްއެމްއޭއަށް ފޮނުވާ ޗެކާއި ފައިސާއާ ގުޅޭ ލިޔެކިޔުންތައް ބަލައިގަތުމުގެ މަސައްކަތް.
  • ސެކްޝަނަށް ލިބޭ ޗެކާއި ސްލިޕާއި އަދިވެސް އެހެނިހެން ލިޔުންތައް ސްކޭންކޮށް ޑޮކިއުމެންޓް ކުރުން.

މުސާރަޔާއި އިނާޔަތްތައް

11,750.00 – 13,250.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

29 މާރިޗު 2023 ވަނަ ދުވަހުގެ މެންދުރުފަހު 12:00 އަށް

     

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގިރޭސި ބަހުގެ ނަތީޖާއަށެވެ.

21 މާރިޗު 2023
ހޯދާ