ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސްޓޯ އޮޕަރޭޝަންސް މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސްޓޯ އޮޕަރޭޝަންސް މެނޭޖަރ

މުސާރައާއި އެލަވަންސް:

މުސާރ އަދި އެލަވަންސް: 22،500 ރުފިޔާ ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

  • ދުވަހުން ދުވަހަށް ފިހާރަ ހިންގުމާއި ފިހާރައިގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  • ފިހާރައިގެ މުވައްޒަފުންގެ މެނޭޖްކުރުން. މީގެ ތެރޭގައި މުވައްޒަފުންގެ ފެންވަރު ބަލައި ވަޒަންކުރުމާއި، ފިހާރަ ހުޅުވާ އަދި ލައްޕާ ގަޑިތައް ކަނޑައެޅުމާއި، މުވައްޒަފުންގެ ޑިއުޓީތައް ޝެޑިއުލް ކުރުމާއި، އެފަރާތްތަކުގެ ޒިންމާއާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން.
  • ފިހާރާއިގެ މުވައްޒަފުން އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ މާހައުލެއް ޤާއިމު ކުރުމާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުވުން.
  • ފިހާރައިގެ ސޭލްސް ރަނގަޅަށް ރެކޯޑް ކުރެވެމުންދާކަން ޔަޤީންކޮށް ކަށަވަރު ކުރުމާއި ސޭލްސް ރިޕޯޓްތައް ބެލެހެއްޓުން.
  • ފިހާރައިގެ ފައިނޭންޝަލް ރިޕޯޓްތައް ތައްޔާރުކުރުމާއި ވިޔަފާރި އިތުރު ކުރުވޭނެ ފުރުސަތުތައް ދެނެގަތުމާއި އަދި ޚަރަދު ކުޑަ ކުރެވޭނެ ގޮތްތައް ވެސް ދެނެގަތުން.
  • ފިހާރައިގެ އިންވެންޓްރީ މެނޭޖްކުރުމާއި އޯޑަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހިންގުން.
  • ފިހާރައިގެ ސާފުތާހިރުކަން ބެލެހެއްޓުން.
  • ފިހާރައިގައި ބެހެއްޓިފައިވާ މުދަލާއި ފިހާރައިން ދެވޭ ޚިދުމަތްތަކާ ބޭހޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ފިހާރައިގެ މުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާއި ރީ އޯޑާރ ލެވެލްއެއް ގާއިމްކޮށް ހިންގުން.
  • ފިހާރައިގެ ބަޖެޓް އެކުލަވާލުމާއި ބަޖެޓް މެނޭޖްކުރުމާއި ފިހާރައިން ދައްކަންޖެހޭ ބިލްތައް ދައްކުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކަސްޓަމަރ ލޯޔަލްޓީ އިތުރުކުރުމަށާއި ފިހާރަ އިސްތިހާރުކޮށް މަޝްހޫރު ކުރުމަށްޓަކާ ފިހާރައިގެ މާކެޓިންގ އަދި ޕްރޮމޯޝަނަލް ސްޓްރެޖީސް ހަދާ ސޭލް އިތުރުކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން.

މަޤާމުގެ ޝަރުތުތައް:

 

ތަޢުލީމު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް  7 ގެ ސަނަދެއް ހާސިލްކޮށްފައިވުން
  • ނުވަތަ  ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަސައްކަތު ތަޖުރިބާ:

  • މަސައްކަތުގެ ދާއިރާގައި މެނޭޖިރިއަލް ލެވެލްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
  • ދިވެހިރާއްޖޭގެ ވިޔަފާރީގެ ޤާނޫންތަކަށާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވުން
  • ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މަސައްކަތްކުރުމުގެ ސިފައާއި މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ލިސްޓް ކުރެވިފައިވާ އެޕްލިކޭޝަންގެ ލިޔުންތައް ހުށަހަޅާނީ ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.
  • ގޫގުލް ލިންކް: https://forms.gle/HyvZhxC5s6kHrV9n8
  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ސުންގަޑި:

23 މާރޗް 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން

ނޯޓު :

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ގޫގުލް ފޯމުގައި ހުށަހަޅަންވާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
13 މާރިޗު 2023
ހޯދާ