ސިވިލް ކޯޓު
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއެވެ.

އިޢުލާން

  • މަޤާމް: ކޯޓު އެޑްމިނިސްޓްރޭޓަރ
  • ރޭންކް: EX 1
  • ބޭނުންވާ ޢަދަދު: 1
  • މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު / މާލެ،
  • މުސާރަ: 8,835.00  (އަށްހާސް އަށްސަތޭކަ ތިރީސް ފަހެއް) ރުފިޔާ އަދި ސަރވިސް އެލަވަންސް 2,000.00 (ދެހާސް) ރުފިޔާ އާއި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުތު:

        މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން، ނުވަތަ

        މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

  • މަޤާމުގެ މަސްއޫލިއްޔަތުތައް: އިދާރީ ހިންގުމާބެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

  • މަޤާމް: އެސިސްޓެންޓް ލީގަލް އޮފިސަރ  
  • ރޭންކް: LS2
  • ބޭނުންވާ އަދަދު: 1
  • މަސައްކަތް ކުރަންޖެހޭތަން: ސިވިލްކޯޓު/މާލެ
  • މުސާރަ: -/9412 (ނުވަހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
  • ސަރވިސް އެލަވަންސް: -/3000 (ތިންހާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް އާއި އިތުރަޑީގެ ފައިސާ: މުސާރައިގެ %55 އަދި ހުއްދަ ލިބިގެންވާ އިތުރުގަޑީގައި ކުރެވޭ މަސައްކަތް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢާ އެންޑް ލޯ ނުވަތަ ލޯއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.
  • ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޝަރީޢަތާގުޅުންހުރި މަސައްކަތްތައް.
  • ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަނގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

  • ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސެޓްފިކެޓް ލެވެލް އިން މަތީ ސެޓްފިކެޓްތައް ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީއެވެ. މިގޮތުން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ.)
  • ވަޒީފާއަށް އެދި ހުށަހަޅާއިރު ފުރިހަމަ ކުރި ކޯހަކާގުޅިގެން ލިބެން ޖެހޭ ތަޢުލީމީ ސެޓްފިކެޓެއް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓާއި އެކޯހަކީ އެމް.ކިއު.އޭ ގަބޫލުކުރާ ކޯހެއް ކަމަށް އެމް.ކިއު.އޭ އިން އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމަކާއެކު ހުށަހެޅުމުން އެސެޓްފިކެޓަށް މާކުސް ދެވޭއެވެ.
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  • އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
  • ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
  • ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި: މިމަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2014 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

  • ނޯޓް: މިއިޢުލާނަކީ 3 ދުވަހުގެ މުއްދަތު އިތުރުކޮށް ކުރެވިފައިވާ އިޢުލާނެކެވެ.
  • އިތުރު މަޢުލޫމާތު:
  • މިމަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކުސް ލިބިފައިވާ ފަރާތްތަކަށެވެ.
  • ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

               2 ރަބީޢުލްއައްވަލް 1436

 

 

24 ޑިސެންބަރު 2014
ހޯދާ