ޅޮހީ ސްކޫލް
ދިވެހިރާއްޖެ
2023 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

2023 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

2023ޖެނުއަރީ 1 އިން 2023 ޑިސެމްބަރ 31ވަނަ ދުވަހަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް  ހޯދުމަށް ކުރެވުނު އިޢުލާން (GS112/IUL/2023/01) އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. 

             ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.         

 މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  13  މާރިޗު 2022 އިން 19 މާރިޗު 2023  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެސްއަށް

  • މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
  • ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ،
  • ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު:

19 މާރިޗު 2023 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން  މަޢުލޫމާތުދިނުން 20 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 10:00 ޅޮހީ ސްކުލްގައި އޮންނާނެއެވެ.      

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  30 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ޅޮހީ ސްކޫލްގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޅޮހީ ސްކޫލް

ނ. ޅޮހި، ދިވެހިރާއްޖ

ފޯން: 9639585

އީ-މެއިލް: [email protected]

13 މާރިޗު 2023
ހޯދާ