މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.މާޅޮހު މަސްޖިދުއްސަލާމްގެ އިސްކުރުބަރި އަދި ބައެއް އިތުރު މަރާމާތުތަކެއްކުރުން- (3 ވަނަ އިޢުލާން)

ބ.މާޅޮހު މަސްޖިދުއްސަލާމްގެ އިސްކުރުބަރި އަދި ބައެއް އިތުރު މަރާމާތުތަކެއްކުރުން- (3 ވަނަ އިޢުލާން)

   ބ.މާޅޮހު މަސްޖިދުއްސަލާމްގެ އިސްކުރުބަރި އަދި ބައެއް އިތުރު މަރާމާތުތަކެއް ކުރަށް ޖެހިފައިވާތީ މިމަސައްކަތް ކުރުމަށް ކުރެވުނު އިޢުލާނާއި (އިޢުލާން ނަންބަރު:(IUL)319/319/2023/8) ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފާހަގަ ކުރެވިފައިވާތި އެ އެސްޓިމޭޓްތައް ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

   ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތައް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ މަޢުލޫމާތު:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން، 2023 މާރިޗު 14 ވާ އަންގާރަދުވަހުގެ 11:00ށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބިޑްރަޖިސްޓްރީކުރުން:

މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 މާރިޗު 14 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ  އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected] އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

  • އަންދާސީ ހިސާބު ހުށަހަޅުއްވާނީ، 2023 މާރިޗު 15 ވާ ބުދަދުވަހުގެ 11:00 އަށް، ބ.މާޅޮހު ކައުންސިލްގެ އިދާރާއަށް
  • އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ.

    - ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.

    - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  • އަމިއްލަ ފަރުދެއްނަމަ އައިޑީކާޑު ކޮޕީ
  • ތަޖުރިބާގެ ލިޔުންތައް (ހުރިނަމަ)
  • އަންދާސީ ހިސާބު (އަގު އަދި މުއްދަތު)

މާރކްސް ދެވޭގޮތް:

  • އަގު: %90
  • މުއްދަތު:% 10

އިތުރު މައުލޫމާތު:

މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ: 6600056 / 7612867 އަށް ގުޅުއްވުން އެދެމެވެ.

12 މާރިޗު 2023

12 މާރިޗު 2023
ހޯދާ