މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާޅެންދޫ ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ ފަރުމާ ކުރުން

އިޢުލާން

ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ ފަރުމާ ކުރުން

ކައުންސިލްގެ ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި ކައުންސިލްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތްތަކާއި ، ބައިވެރިވާ ހަރަކާތްތަކާއި ،އެކިއެކި ރަސްމިއްޔާތުގައި ބޭނުން ކުރުމަށް ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯ ތަކުގެ ތެރެއިން ހޮވޭ އެންމެ ރަގަޅު ލޯގޯއަކަށް 6،000.00 ރ (ހަހާސްރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފައެވެ.

ލޯގޯ ހުށަހެޅުމުގެ ސުންގަޑި: 30 އެޕްރީލް 2023 ގެ 14:00

ލޯގޯ ހުށަހަޅާނެ އީމެއިލް އެޑްރެސް: [email protected]

  1. ފަރުމާ ކުރެވޭ ލޯގޯއަކީ ނ. މާޅެންދޫ ރަމްޒްކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށްވާންވާނެއެވެ. މާޅެންދުއަކީ ފަޅާ ގުޅިފައިވާ ގުދުރަތީ ރީތި ކުޅިއެއް އެކުލެވިގެންވާ ހިތްފަސޭހަ ރަށަކަށްވާތީ ، ލޯގޯ ފަރުމާ ކުރުމުގައި އެކަމަށް އަލިއަޅުވާލަންވާނެއެވެ. އަދި މާޅެންދޫއަށް ޚާއްޞަ ސިފަތަކާއި ކަންކަން ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
  2. ފަރުމާ ކުރެވޭ ލޯގޯއަކީ މުޅިންއައު އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
  3. ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ.
  4. ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ދިދަ، ޖާރޒީ، ލެޓަރހެޑް އަދި ސްޓަރފް ކާޑް، ޔުނީފޯމް އަދި ވެބުސައިޓް ފަދަ ތަކެތީގައި ބޭނުންކުރެވޭފަދަ ގޮތަކަށެވެ.
  5. ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ Dpi600 ނުވަތަ އެއަށްވުރެ މައްޗެވެ.
  6. ލޯގޯ ފަރުމާ ކުރުމުގައި މައިގަނޑު ކުލައެއްގެ ގޮތުގައި ބޭނުންކުރަންވާނީ ފެހިކުލައެވެ. އަދި އޭގެ އިތުރުން ދެކުލައެއް ބޭނުންކުރެވިދާނެއެވެ.
  7. ލޯގޯއަކީ ލަކުޑި، ފައިބަރު މައުދަންތަކުގައި ކަނޑާ ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށްވާންވާނެއެވެ.
  8. ލޯގޯ ފަރުމާ ކުރަންވާނީ ވެބް ވާރޝަން ، ޕުރިންޓް ކޮލިޓީ ވަރޝަން އަދި SVG ފޯމެޓަށެވެ.

 

ލޯގޯ އާއިއެކު ހުށަހަޅަންޖެހޭ ތަކެތި

 

  1. ލޯގޯ PSD, PNG, އަދި JPEG ފައިލް ހުށަހަޅަންވާނެއެވެ.
  2. ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF ފައިލް 10 އެމް،ބީ އަށްވުރެ އިތުރުވެގެން ނުވާނެއެވެ.
  3. ލޯގޯގެ ކުލަ ސްފޮޓް ކޮޕީ ، ކުލަތަކުގެ ޕެންޓޯން ނަމްބަރ އަދި ކުލަކޯޑާއެކު ޖޭޕެގު / ޓިޕް ފޯމެޓްގައެވެ.
  4. ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާއި ނުލާ ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
  5. ލޯގޯ ހުށަހެޅި ފަރާތުގެ ވަނަވަރު.
  6. ލޯގޯ ހުށަހެޅި ފަރާތުގެ އައިޑީކާޑްގެ ކޮޕީ.
  7. ލޮގޯއިން ރަމްޒްކޮށްދޭ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.
  8. ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯ.

މާކުސް ދެވޭނެ ގޮތުގެ ތަފްޞީލް

  1. ލޯގޯ ފަރުމާ ކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑު ތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
  2. ލޯގޯ ހުށަހަޅާ ފަރާތަކީ ފުރިހަމަ ކޮޕީ ރައިޓް ލިބިފައިވާ ފަރާތެއް ކަމަށް ބަޔާންކޮށް ސޮއި ކޮށްފައިވާ އިގުރާރް ހުށަހަޅަންވާނެއެވެ.
  3. ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު
  4. މާޅެންދޫ ސިފަކޮށްދީފައިވާ މިންވަރު
  5. ލޯގޯގެ ފަރުމާތަކަށް އިންސާފް ކުރާނީ ކައުންސިލް އިދާރާއިން އެކަމަށް ޚާއްޞަ ކުރެވޭ ކޮމިޓީއަކުންނެވެ.
  6. ކައުންސިލްގެ ލޯގޯ ހޮވުމުގައި ލޯގޯ ތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ 5 (ފަހެއް) ލޯގޯ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ރައްޔިތުންގެ ޚިޔާލަށް ހުޅުވާލެވޭނެއެވެ. ރައްޔިތުންގެ ވޯޓުން ލޯގޯ އިޚުތިޔާރު ކުރުމަށް ކަނޑައެޅޭ މިންވަރު ނިންމާނީ އިންސާފު ކުރުމަށް އެކުލަވާލެވޭ ކޮމެޓީއިންނެވެ.

މާކުސް ދެވޭނެ މިންގަނޑު

 

#

ކުރައިޓީރިއާ

މާކުސް

1

ކޮލިޓީ އަދި ޓެކުނިކަލް ފެންވަރު

35

2

އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން

20

3

އަމިއްލަވަންތަކަން

15

4

ނ. މާޅެންދޫ ސިފަކޮށްދީފައިވާ މިންވަރު

30

 

އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 މާރިޗު 2023
ހޯދާ