މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާޅެންދޫ މަސްޖިދުލް ތަޤްވާ ގައި ސޯލާ ސިސްޓަމް ޙަރުކުރުން

އިޢުލާން

 

ނ. މާޅެންދޫ "މަސްޖިދުލް ތަޤްވާ" ގައި ސޯލާ ސިސްޓަމް ހަރުކުރުމާއި ގުޅޭ 

 

ތިރީގައި މިދަންނަވާ ތަފްޞީލްތަކާއި އެއްގޮތަށް މިއިދާރާއަށް ސޯލާޕެނަލް ސަޕްލައިކޮށް އިންސްޓޯލްކޮށް ނެޓް މީޓަރ ހަރުކޮށް ކަރަންޓް ދިނުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައް ކުރުމަށް ބޭނުންވާ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް  15 މާރިޗް 2023 ވާ ބުދަ ދުވަހު 14:00 ގެ ކުރިން ރެޖިސްޓްރީ ފޯމް ހުށަހެޅުއްވުމަށްފަހު ، އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 19 މާރިޗް 2023 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 މާރިޗު 2023
ހޯދާ