މަންދޫ ސްކޫލް، އދ. މަންދޫ
ދިވެހިރާއްޖެ
ބީލަން ހުށަޙެޅުމުގެ ދައުވަތު

ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

2023 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބުހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

ތާރީޚާއި ގަޑި:14  މާރިޗް2023 އަންގާރަ ދުވަހުގެ 11:30

ތަން:މަންދޫ ސްކޫލް 

ތާރީޚާއި ގަޑި: 20 މާރިޗް 2023 ވާ ހޯމަ ދުވަހުގެ 11:30

ތަން:މަންދޫ ސްކޫލް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްސިޓީއެއް ހުށަހަޅަންޖެހޭނެއެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 އަދި2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ   ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީ ކުރުން މިއަދުން ފެށިގެން 13 މާރިޗް 2023 ވާ ހޯމަ ދުވަހުގެ، 14:00ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްގުޅުއްވާނީ 7949320 ނަންބަރު ފޯނަށެވެ.

 

               08 މާރިޗް 2023

 

08 މާރިޗު 2023
ހޯދާ