ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023ވަނަ އަހަރު ވޭޖް އުޞޫލުން މިސްކިތްތަކުގައި މަސައްކަތް ކުރާނެ އިމާމު/މުދިމުން ހޯދުން.

ވަގުތީ އިމާމު / މުދިމުންގެ ޕޫލް އެކުލަވާލުން.

ވޭމަންޑޫ ތިންމިސްކިތުގެ އިމާމުންނާއި މުދިމުން ޗުއްޓީ ނުވަތަ ސަލާމް ބުނުމުން، ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖުއުޞޫލުން ޕޫލް އެކުލަވާލުމަށްޓަކައި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން.

މަޤާމް:

ވަގުތީ އިމާމް / މުދިމް

ބޭނުންވާ ޢަދަދު

މަޤާމުގެ ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންވެސް ޕޫލްގައި ހިމެނޭނެ.

މަޤާމްގެ ގިންތި

ވަގުތީ (31 ޑިސެމްބަރު 2023 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން

ވޭމަންޑޫ މިސްކިތްތައް / ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލް އިދާރާ

މަސައްކަތުގެ އުޖޫރަ

އިމާމު: ނަމާދު ކުރާ ކޮންމެ ވަގުތަކަށް 61.00 (ފަސްދޮޅަސް އެކެއް) ރުފިޔާ

މުދިމު: ނަމާދު ކުރާ ކޮންމެ ވަގުތަކަށް 53.00 (ފަންސާސް ތިނެއް) ރުފިޔާ

މަޤާމްގެ ޝަރުތު:

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ،   އިމާމުވެ ނަމާދު ކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދު ކުރެވޭ ވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުން. ނުވަތަ

 2. ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް  ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ  އިމާމުވެ ނަމާދު ކުރަންއެގޭ އަދި ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހަކަށްވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

1. ކައުންސިލުގެ އިދާރާއިން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.

2. މިސްކިތާއި މިސްކިތުގެ ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކަންތައްތަކާއި މިސްކިތާއި ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހާ އެ ޝަކުވާތައް ކައުންސިލް އިދާރާއަށް އަންގައި ކައުންސިލުގެ ލަފާގެމަތިން އެކަން ރަނގަޅުކުރުން.

3. މިސްކިތުގެ ސައުންޑްސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން

4. ރަށު ކައުންސިލުން އަންގައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދު، ކަށު ނަމާދު އިމާމުވެ ނަމާދުކުރުން

5. މިސްކިތް ތެރޭގައި މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް ޢަމަލުކުރަމުން އަންނަ ފަރާތްތަކަށް ނަސޭހަތްދީ އެކަން ހުއްޓުވުން

6. މިސްކިތުގައި ދީނީދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަންދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން

7. ކައުންސިލް އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލާއި ސެކްރެޓަރީ ޖެނަރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން.

8. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1. ވަޒީފާ އެދި ހުށަހަޅާ ސިޓީ

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސެންސް.

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

އިތުރު މަޢުލޫމާތު

މަޤާމުގެ ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންވެސް ޕޫލްގައި ހިމެނިގެންދާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 މާރިޗް 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢްލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 20 މާރިޗް 2023 އިން 27 މާރިޗް 2023 އާއި ދެމެދު ދުވަހެއްގައި ވޭމަންޑޫ ކައުންސިލް އިދާރާގައެވެ.

މި އިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780083 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

05 މާރިޗު 2023
ހޯދާ