ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ޝީލްޑާއި ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ: GS-26/IUL/2023/07

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

  1. މި ސްކޫލުގެ 2023 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ޝީލްޑާއި ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު GS-26/IUL/2023/05(14 ފެބުރުވަރީ 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަލާފައިނުވާތީ، އެ އިޢުލާން ބާތިލުކޮށް 2 ވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 06 މާރޗް 2023 އިން 12 މާރޗް 2023 އަށް (ސަރުކާރު ބަންދު ދުވަސް ފިޔަވައި) ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް މި ސްކޫލަށް ދުރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.

-          އީމެއިލް އިން ނަންނޯޓް ކުރައްވާ ފަރާތްތަކުން ސަބްޖެކްޓްގައި އިޢުލާން ނަންބަރ ޖެއްސެވުމަށްފަހު މެއިލްގައި ބިޑް ހުށަހަޅާ ފަރާތުގެ/ކުންފުނީގެ ނަން، ފޯން ނަންބަރ، އީމެއިލް އެޑްރެސް ލިޔުއްވުމަށްފަހު މި ބިޑްގައި ބައިވެރިވާން އެދޭކަން ލިޔުއްވުން އެދެމެވެ.

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 މާރޗް 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 މާރޗް 2023 ވާ ހޯމަ ދުވަހުގެ 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  3. ބިޑް ހުޅުވުން އޮންނާނީ 20 މާރޗް 2023 ވާ ހޯމަ ދުވަހުގެ 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  4. ނޯޓް: ބީލަން ހުށަހެޅުމާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ. އަތޮޅު ތަޢުލީމީމަރުކަޒު

ގދ. ތިނަދޫފޯން: 6840002 / 9972577

އީ-މެއިލް: [email protected]

 

13 ޝަޢުބާން 1444

05 މާރޗް   2023 

05 މާރިޗު 2023
ހޯދާ