މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާން މަހު ހިފުޒުކޮށް ތަރާވީޙުކުރައްވާ ފަރާތުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިއިދާރާގެ އިޢުލާން ނަމްބަރު: (IUL)284-PR/284/2023/14 (23 ފެބްރުވަރީ 2023) އަށް އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.
- 1444 ވަނަ އަހަރުގެ ރަމަޟާން މަހު ހިފުޒުކޮށް ތަރާވީޙުކުރައްވާ ފަރާތުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިޚިދުމަތް ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ މިލަންދޫގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ކޯޓޭޝަން ހުށައަޅަން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ކޯޓޭޝަންހުށަހެޅޭނެއެވެ. ނުވަތަ މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްވެސް ކުރެވޭނެއެވެ. ކޯޓޭޝަން ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 2023 މާރިޗް 09 ވަނަ ދުވަހުގެ 12:00ގެ ކުރިން ކޯޓޭޝަން ހުށަހަޅަންޖެހޭނެއެވެ.
- ހުށަހަޅާ ކޯޓޭޝަންތައް ވަޒަންކުރާނެ މިންގަނޑާއި ކޯޓޭޝަނާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމު މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރައްވައި ނަމާއި، ގުޅޭނެ ނަމްބަރު އަދި އީމެއިލް އެޑްރެސް މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްކުރެއްވުމުން އެފަރާތަށް އީމެއިލްކޮށްދެވޭނެއެވެ. ނުވަތަ މިއިދާރާއަށް ދުރުވުމުން އެފަރާތަކަށް ދޫކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ 6540063 ނަމްބަރު ފޯނަށް ގުޅުއްވުމުން އެމަޢުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.
05 މާރިޗު 2023
ހޯދާ