މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ

ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ

މި އިއުލާނާއިއެކު ހިމަނާފައިވާ މަޢުލޫމާތާއި އެއްގޮތަށް ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ މަޢުލޫމާތު

-  ހިޔާދޭ ބޮޑެތި ގަސްތައް ފިޔަވައި ގަބުރުސްތާނުގައިވާ ވިނަތައް ނޮޅާ ސާފުކުރުން

-  ގަބުރުސްތާން ވަށައިގެން ބޭރުން 5 (ފަހެއް) ފޫޓު ސާފުކުރުން

-  ނޮޅާ ސާފުކުރާ ތަކެތި 5 (ފަހެއް) ފޫޓު ދުރަށް އެޅުން

ބިޑް ރަޖިސްޓަރ ކުރުން

މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 މާރިޗު 09 ވާ ބުރާސްފަތިދުވަހުގެ 14:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected] އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މައުލޫމާތު ދިނުން

މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2023 މާރިޗު 07 ވާ އަންގާރަދުވަހުގެ 10:00 ށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވެމެ.

އަގު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 މާރިޗު 12 ވާ އާދިއްތަދުވަހު 11:00ގައިއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ އެކަންބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ގަޑި ޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަސައްކަތް ހަވާލުކުރުމުގައި ޕްއިންޓް ދޭނެ އުސޫލު

-   މަސައްކަތައް ހުށަހަޅާ އަގު %90

-   މަސައްކަތައް ހުށަހަޅާ މުއްދަތު (ދިހަ ޕސަންޓް)

އިތުރު މައުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 6600056 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

10 ޝައުބާން  1444

02 މާރިޗު    2023

02 މާރިޗު 2023
ހޯދާ