ދާންދޫ ސްކޫލް
ދިވެހިރާއްޖެ
ދާންދޫ ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯރމް ހޯދުމާއި ބެހޭ

`

 
   

 

 

ދާންދޫ ސްކޫލް

ގއ.ދާންދޫ،ދިވެހިރާއްޖެ

                                                                           ނަންބަރ: GS-199/IUL-2023/02    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯރމް ދާންދޫ އިން ދާއިމީގޮތެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް، އިއުލާނުކޮށްގެން ދާންދޫ ސްކޫލުން ކޮންޓްރެކްޓް ކޮށްގެން މިމަސައްކަތް ކުރަމުން އައި ފަރާތުގެ ކޮންޓްރެކްޓް ބާތިލް ކޮށްފައިވާތީ މިމަސައްކަތް ކުރިއަށް އޮތް 5 އަހަރު ކޮށްދިނުމަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކާއި އަދި ކުންފުންޏާއިބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށެވެ.

  ވީމާ،  މިމަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 މާރިޗް 2023 ވާ ބުދަ ދުވަހުގެ 10:30 މިސްކޫލަށް ވަޑައިގެން މައުލޫމާތުސާފުކުރެއްވުމަށްފަހު 16 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ށް އެސްޓިމޭޓްހުށަހެޅުއްވުންއެދެމެވެ.

މަޢުލޫމާތުދިނުމުގެބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމައެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުންހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ދާންދޫ ސްކޫލް

ގއ.ދާންދޫ

ދާންދޫ، ދިވެހިރާއްޖެ.

ފޯން:7983075

އީ-މެއިލް: [email protected]

09 ޝައުބާން 1444

01 މާރިޗް 2023

-އިދާރާ-

01 މާރިޗު 2023
ހޯދާ