ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދުން ކުނިކަހާމީހުން ނަގާކުނި ދުވަހުން ދުވަހަށް ކުނިގޮނޑާހަމައަށް ގެންގޮސް އުކާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

އިޢުލާން

އިޖްތިމާޢީ ސަރަޙައްދުން ކުނިކަހާމީހުން ނަގާކުނި ދުވަހުން ދުވަހަށް ކުނިގޮނޑާހަމައަށް ގެންގޮސް އުކާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

                      ޢިޖްތިމާއީ ސަރަޙައްދުން ނަގާކުނި ދުވަހުން ދުވަހަށް ކުނިގޮނޑާހަމައަށް ގެންގޮސް އުކާދޭނެ ފަރާތެއް  ހޯދުމަށް ކުރެވުނު 2 ވަނަ އިޢުލާން މުއްދައްތު ހަމަވިއިރު ވެސް އެއްވެސް ފަރާތެއް މިމަސައްކަތައް ކުރިމަތިލާފައި ނުވާތީ 2 ވަނައަށް ކުރެވުނު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމްގެ ޝަރުތު

  • އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހެއްކަމުގައި ވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފުރިހަމަ ސިއްޙަތުގައިހުރި މީހެއްކަމުގައިވުން
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާމީހެއް ކަމުގައި ނުވުން.
  • ކުނިއުކާމީހުން ނަގާފަހުންނަކުނި ކުނިކަހާ ނިމޭތާ 3 ގަޑިއިރު ތެރޭ އުކާނިންމުން

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ ބިޑްފޯމް
  • ބިޑްހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ،ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް.

 

 

 

               ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑްހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި ބިޑް ހުށަހެޅުމާއި ބިޑްއޯޕަނިންގް އޮންނާނީ 07 މާރިޗް 2023 ވާ އަންގާރަދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައެވެ. ބިޑް ހުށަހަޅާ ފޯމް މިއަދުން ފެށިގެން ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

               މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް : ރަސްމީ ބަނދުނޫ ކޮންމެދުވަހެއްގެ 8:30 ހުން 14:00 ކައުންސިލް އިދާރާގެ ނަންބަރ: 6620075 ފޯނާ ގުޅުއްވުންއެދެމެވެ.

 

މާކްސް ދެވޭނެ ގޮތް

އެންމެ ކުޑަ އަގު މަހަކައް

100%

 

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 މާރިޗު 2023
ހޯދާ