މުލަކަތޮޅު ދިއްގަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މ.ދިއްގަރު ސިއްޙީ މަރުކަޒުގައިހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

އިޢުލާނު

ބާވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން

މިމަރުކަޒުގައި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. މިނީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން  10 މާރޗް 2023 ވާ ހުކުރު ދުވަހު ހަވީރު 16:00 އަށް ކުރީގެ ފެންތާގީ ހޯލަށް ވަޑައިގެންދެއްވުންއެދެމެވެ. މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

މިތަކެތީގެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ނީލަން ކާމިޔާބު ކުރި އަގު 10 މާރޗް 2023 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން ދިއްގަރު ސިއްޙީ މަރުކަޒަށް ދައްކައި ޚަލާޞްކުރުމަށްފަހު 2023 މާރޗް 11 ވާ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން ތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ފެބުރުވަރީ 2023
ހޯދާ