ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް:

އެމް.އެސް. 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޔުނިޓް/ ސެކްޝަން:

މި އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭތަން:

ހައްދުންމަތީގަމު ކައުންސިލް އިދާރާ

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2 - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4 . މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:

  1. ރަށްރަށުގެ ތަރައްޤީއަށްޓަކައި، ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްއަމާޒަކަށް ތަރައްޤީގެ ޕްލޭންތައް ރާވައި ހިންގުމަށް ކުރަންޖެހޭ ކަންތައްތައް، ޑައިރަކްޓަރުގެ އިރުޝާދުގެމަތިން ކުރުން.
  2. ރަށުގައި ހިންގާ ތަރައްޤީގެ އެކިއެކި ޕްރޮޖެކްޓްތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.
  3. ރަށުގެ ތަރައްޤީގެ ޕްލޭން ހެދުމާބެހޭ ކަންކަން ކައުންސިލުން އެކަށައަޅާގޮތުގެމަތިން ރާވައި ހިންގުމަށް ކުރަންޖެހޭ ކަންތައްތައްކުރުން. 
  4. ރަށުގެ ރައްޔިތުންގެ ނަމުގައި ޤާއިމުކުރެވިފައިވާ އިންޖީނުގެތަކާއި، އެހެނިހެން އިންވެސްޓްމެންޓްތައް ހިނގާ ނުހިނގާ ގޮތްބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  5. ބޯފެން އަޅާ ހަން ދޫކުރުމަށް ހިންގޭ މަޝްރޫޢުތަކުގެ ކަންތައްތައް ބެލެހެއްޓުން.
  6. ސަރުކާރުގެ އެކިއެކި ދާއިރާތަކުން ރަށުގައި ހިންގަވާ މަރާމާތުގެ ކަންތައްތައް ބެލެހެއްޓުން.
  7. ގުދުރަތީ ކާރިސާތަކާއި، ރަށުގައި ހިންގޭ އެކިއެކި ހަރަކާތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  8. ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  9. އިޖުތިމާޢީ ބޭނުންތަކަށާއި އިޤްތިޞާދީ ބޭނުންތަކަށް، ބިމާއި ފަޅު ފަދަތަންތަން އިންވެސްޓްކުރުމާއި، ކައުންސިލްގެ ނަމުގައި މިލްކުކުރުމާބެހޭ މަސައްކަތް ޑައިރެކްޓަރުގެ އިރުޝާދުގެމަތިން ކުރުން.
  10. ކައުންސިލްގެ އެސެޓްތައް ރަޖިސްޓްރީކުރުމާބެހޭ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1 - ތަޢުލީމާއި، ތަމްރީން.

2 - މަސައްކަތުގެ ތަޖުރިބާ.

3 - މަސއްކަތުގެ ހުނަރާއި. ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

2015 ޖަނަވަރީ 7 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ލ. ގަމު ކައުންސިލް އިދާރާ  

(މަލް ޓިޕާޕަސް ބިލްޑިންގ، ލ. ގަން ތުނޑި)

އުޖޫރައާއި، ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، މަސައްކަތަށް ރަނގަޅުނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ޤަވާޢިދުގައިވާގޮތުގެމަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، ޢާއިލީ ޒިންމާ ޗުއްޓީގެގޮތުގައި 10 ދުވަސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ލ. ގަމުކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2 - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3 - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތައް. (މޯލްޑިވްސް ކޮލިސިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)

5 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ ނަންބަރު 6800766 ފޯނާއެވެ. ފެކްސް ނަންބަރަކީ 6800767 އެވެ.

 

 26 ޞަފަރު 1436

18 ޑިސެންބަރު 2014
ހޯދާ