އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

އީ.އެކްސް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ޕްރޮގްރާމްސް އެންޑް ޑިވެލޮޕްމަންޓް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު މަޤާމުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން 
  2. ޕަބްލިކް ރިލޭޝަންސް
  3. ކޮމިއުނިކޭޝަން
  4. މެނޭޖްމަންޓް 
  5. މަލްޓީ މީޑިއާ

މައިގަނޑު މަސްއޫލިއްޔަތު:

  1. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކަށް ހިންގޭ ތަމްރީނު ޕްރޮގްރާމްތައް ވިލަރެސްކޮށް ހިންގުން. 
  2. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން ވަކިވަކި ފަރުދުންނަށް ލިބިދޭ ހައްޤުތައް އެމީހުންނަށް އަންގައިދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވިލަރެސްކޮށް ހިންގުން. 
  3. ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރާ މިންވަރު މޮނިޓަރކޮށް އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމަށް ބާރުއެޅުމަށް ޕްރޮގްރާމް ހިންގުން. 
  4. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
  5. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ މައްސަލަތައް ތަންފީޒު ކުރުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ ލަފާގެމަތިން މަސައްކަތް ކުރުން.
  6. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޕްރޮގްރާމްސް އެންޑް ޑިވެލޮޕްމަންޓް ސެކްޝަންގެ ވެރިއެއްގެ ގޮތުން އޮފީހުގެ ލަޑުދަޑިތައް ހާސިލްކުރުމަށް މަސައްކަތް ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

- ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ނަތީޖާތައް؛

- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

- ތަމްރީނު ޕްރޮގްރާމް ހިންގުމާއި، ޕްބްލިކް ސްޕީކިންގ ގެ ތަޖުރިބާ

- ތަމްރީން ޕޮރޮގްރާމްތަކުގެ ކޮންޓެންޓް އަދި މެޓީރިއަލްސް ތައްޔާރުކުރުމުގެ ތަޖުރިބާ

- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

ޑިރެކްޓަރ ގެ މަޤާމަށް މީހުން ހޮވުމުގައި ބަލާނެ ބައިތައް

- މަތީ ތަޢުލީމް (ހުށަހަޅާ ސަނަދުތައް)

- މަސައްކަތުގެ ތަޖުރިބާ (ތަޖުރިބާ އަންގައިދޭ ލިޔުންތައް)

- ޕްރެޒެންޓޭޝަން (މަޤާމުގެ ހައިސިއްޔަތުން ހިންގުމުގެ ހުނަރާއި ގާބިލުކަމާއި، ކޮމިއުނިކޭޝަން އަދި އިންޓަރޕާސަނަލް ސްކިލްސް އާއި، ވިޝަން އަދި އޮބްޖެކްޓިވްސް އާ ގުޅޭ ގޮތުން ހުށަހަޅާ ޕްރެޒެންޓޭޝަން)

- އިންޓަރވިއު (އިންޓަރވިއުގައި ކުރެވޭ ސުވާލުތަކަށް ދޭ ޖަވާބު)

މުސާރައާއި އެލަވަންސް

-       އަސާސީ މުސާރަ: (މަހަކު) -/12،500 ރުފިޔާ.

-       ސަރވިސް އެލަވަންސް:    (މަހަކު): -/3،000 ރުފިޔާ

-       ފޯނު އެލަވަންސް: (މަހަކު) -/250 ރުފިޔާ

އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

-       ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

-          މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު

-     ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ / ތަޖުރިބާގެ ލިޔުން

-    އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

09 މާރިޗު 2023 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

ފޯމުތައް އީމެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ވެބްސައިޓު www.icom.mv އިން ޑައުންލޯޑުކުރެއްވޭނެއެވެ.

26 ފެބުރުވަރީ 2023
ހޯދާ