ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2023 ވަނަ އަހަރީ އާންމު ޖަލްސާ

މި އެސޯސިއޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އާއި ގުޅޭގޮތުން 24 ފެބްރުއަރީ 2023 ގައި ކުރެވުނު އިޢުލާން ނަންބަރު  TTAM/IUL/2023/001 އާއި ޙަވާލާދީ ދަންނަވަމެވެ.  

  

މި އެސޯސިއޭޝަނުން 27 ފެބްރުއަރީ 2023ގައި ބޭއްވުމަށް އިއުލާން ކޮށްފައިވާ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ،  18 މާރޗް 2023 ވާ ހޮނިހިރު ދުވަހުގެރޭ 20:30 ގައި ހ.މުނިއުފާ (މާލެ ޓީޓީ ހޯލް)ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  ވީމާ މި އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންގެ މަޢުލޫމާތަށްޓަކައި މި ވާހަކަ ދެންނެވީމެވެ. އަދި ޖަލްސާގައި ބައިވެވޭނީ 15 މާރޗް 2023ގެ ކުރިން މިއަހަރުގެ މެމްބަރުންގެ އަހަރީ ފީ ދައްކާފައިވާ މެމްބަރުންނަށެވެ.

 

އޭޖީއެމް ބޭއްވޭނެ ތާރީހް: 18 މާރޗް 2023

ގަޑި: 20:30

ތަން: ހ.މުނިއުފާ (މާލެ ޓީޓީ ހޯލް)

 

2023 ވަނަ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ

  1. ތައާރަފް
  2. އެޖެންޑާ ފާސްކުރުން
  3. 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށައެޅުމާއި އެކު ފާސްކުރުން
  4. 2023 ވަނަ  އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުން
  5. 2023 ވަނަ އަހަރުގެ ޓޭބަލް ޓެނިސް ކަލަންޑަރު މެންބަރުންނާއި ހިއްސާ ކުރުން
  6. އެހެނިހެން

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 7778722 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މާލެ، ދިވެހިރާއްޖެ

[email protected]

26 ފެބުރުވަރީ 2023
ހޯދާ