ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ޕޯޓުން ޚިދުމަށް ހޯދުމަށް ވަންނަ އުޅަނދުފަހަރާއި ބެހޭ

ކުޅުދުއްފުށީ ޕޯޓުން ޚިދުމަށް ހޯދުމަށް ވަންނަ އުޅަނދުފަހަރާއި ބެހޭ

01 މާރޗް 2023 ވަނަ ދުވަހުން ފެށިގެން، ކުޅުދުއްފުށީ ޕޯޓުން ޚިދުމަތް ލިބިގަތުމަށް ވަންނަ ކަނޑު އުޅަނދު ފަހަރު ތަކުގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ދޫކުރާ ސަލާމަތީ ކަންތައްތަކާއި، އަދި މިނިސްޓްރީއިން ދޫކުރާ އެންމެހާ ހުއްދަތައް ފުރިހަމަކުރުމަށް ދަންނަވަމެވެ.

އަދި މި ދެންނެވި ތާރީޚުން ފެށިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ޤަވާއިދުގެ ދަށުން އެންމެހާ ހުއްދަތަކާއި ސަލާމަތީ ކަންކަން ފުރިހަމަ ކޮށްފައިނުވާ، އުޅަނދުފަހަރުތަކަށް ޕޯޓުން ޚިދުމަތްދެމުން ނުގެންދާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

26 ފެބުރުވަރީ 2023
ހޯދާ