އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުން.

މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޯށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު  ހުޅުވާލުމާއި ބެހޭ:

1444 ވަނަ އަހަރުގެ ތެރޭގައި މިރަށުގެ 2 މިސްކިތުގެ އާބާތުރަ ފިލުވައި ލުމުވެ މަސައްކަތްކުރުމަށް މި ކައުންސިލުން ގަސްތުކުރަމެވެ. މިސްކިތްތައް މަރާމާތުކުރުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކާއި، ހިލޭ ސާބަހަށް މަސައްކަތްކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. ފައިސާގެ އެހީތެރިކަން ފޯރުކޯށްދޭން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 7722700350004 (1392 ޚަރަދު 2) އެކައުންޓަށް ފައިސާ ޖަމާކުރައްވާއިރު ރިމާކްސް ގައި އެއީ މިސްކިތްތަކުގެ މަރާމާތަށް ޖަމާކުރައްވާ ފައިސާއެއްކަން އިންގޭނެހެން ލިޔެއްވުމަށް ފަހު ސްލިޕްކޮޅު 7837799 ނަންބަރަށް ވައިބަރ ކޮށްދެއްވުން އެދެމެވެ. އަދި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭން ބޭނުންފުޅުވާ ފަރާތްތަކުން 9937044 ނަންބަރަށް ގުޅުއްވަމަށް ދަންނަވަމެވެ.

1444 ވަނަ އަހަރުގައި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށްޓަކައި ކުރުމަށް ގަސްތުކުރާ މަސައްކަތްތަށް ތިރީގައި އެވަނީއެވެ.

މަސްޖިދުއްނަސްރު މިސްކިތުގެ މަސައްކަތްތައް:

  • 1444 ވަނަ އަހަރުގެ ރަމަޞާންމަހަށް މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކުގައި ލާފައިހުރި ކުލަ އާކޮށްލުން.
  • 1444 ވަނަ އަހަރުގެ ރަމަޝާންމަހަށް މިސްކިތުގެ ގޯތިތެރޭގައި އިތުރު 4 ލައިޓް ޕޯސްޓް ހަރުކުރުން.
  • މިސްކިތުގެ ވަށާފާރު ތަޅާލައި އައު ވަށާފާރެއް ރޭނުން.

ކުރީގެ ހުކުރު މިސްކިތުގެ މަސައްކަތްތައް:

  • 1444 ވަނަ އަހަރުގެ ރަމަޞާންމަހަށް މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކުގައި ލާފައިހުރި ކުލަ އާކޮށްލުން.
  • މިސްކިތުގެ އެތޭރޭގެ ފާރުތަކުގައި ލާފައި ހުރި ކުލައާއި އުވަ ފޮޅެމުން ދާތީ ފާރުތަކުގައި ޕާޓިޝަންބޯޑު ޖެހުން. 

މިސްކިތުގެ އިސްކޫރު ބަރިއާއި މާވަޅު ހިޔާކުރުމަށްޓަކައި ހިޔާގަނޑެއް ޖެހުން. 

20 ފެބުރުވަރީ 2023
ހޯދާ