ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 27 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހު 13:15 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ވީމާ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

  • 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް.
  • 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް.
  • ރައްޔިތުންގެ ހިޔާލު ހޯދުން.

މި އިޢުލާނާއިއެކު މި ކައުންސިލްގެ ފާއިތުވި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޢާއްމު ކުރީމެވެ. އަހަރީ ރިޕޯޓް https://tinyurl.com/txrwnjxh ލިންކުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މި އިޢުލާނުގައިވާ QR ކޯޑް ސްކޭންކޮށްގެންވެސް މި ރިޕޯޓް ޑައުންލޯޑް ކުރެއްވޭނެއެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 ފެބުރުވަރީ 2023
ހޯދާ