ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫގައި ފެނުގެ ނިޒާމް ޤާޢިމް ކުރުމުގެ މަޝްރޫޢާއިގުޅޭ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ފެނުގެ ޚިދުމަތް ގުޅައިދިނުމުގައި ޢަމލުކުރާނެ ގޮތުގެ ޤަވާޢިދުގެ ދަށުން ( ޤަވާޢިދު ނަމްބަރު: 2022/R-90 ) ފެން ގުޅާ ދިނުމުގައި ތިރީގައި މިވާ ގޮތައް ޢަމަލު ކުރެވޭނެއެވެ.

  • ޤަވާޢިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގޭގެއަށް ފެނުގެ ޚިދުމަތް ގުޅައިދެވޭނެ އެންމެ ދުރުމިނަނީ ގޯތީގެ އިންފާރުން ފެށިގެން 1 މީޓަރ އެތެރެއަށެވެ.
  • ޤަވާޢިދުގެ 11 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެ މަތިން، ފެންމީޓަރ ހަރުކޮށްދެވޭނީ ވެރިފަރާތުން ފެންމީޓަރ ހަރުކުރުމަށް ބޭނުންވާ ފާރުގެ އުސްމިން 3 ފޫޓް އަދި ފުޅާ މިނުގައި 1 ފޫޓް ހުންނަ ޖާގައެއްގައި ސިމެންތި ޖަހައި އޮމާން ކޮށްފައިވާ  ފާރެއް ހުރުމުންނެވެ.

 ވީމާ، ވޭމަންޑޫއިން ފެނުގެ ނިޒާމްގެ ހައުސްކަނެކުޝަން ބޭނުންވެ މުއްދަތުގައި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން، ޤަވާޢިދުގެ 10 އަދި 11 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެމަތިން އިންތިޒާމްތައް ހަމަޖައްސައި ދެއްވުންއެދި  ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

19 ފެބުރުވަރީ 2023
ހޯދާ