ތ. ދިޔަމިގިލީ މަދަރުސާ
ދިވެހިރާއްޖެ
މަސައްކަތު މީހަކު ހޯދުމަށް

ދިޔަމިގިލީ ސްކޫލް

ތ. ދިޔަމިގިލި ، ދިވެހިރާއްޖެ  

                           ނަންބަރު:DM/04/2023/I-02

އިޢުލާނު

މަޤާމު:

 މަސައްކަތު

މަޤާމުގެ ނަމްބަރު:

J-124836 

ބޭނުންވާ ޢަދަދު:

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު:

 އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

 ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ދިޔަމިގިލީ ސްކޫލް /ތ.ދިޔަމިގިލި

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

 -/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 1 ގޮތުގައި މަހަކު 1200.00 ރުފިޔާ
  2. މިނިމަމް ވޭޖް އެލަވަންސް ގޮތުގައި މަހަކު 832.00 ރުފިޔާ
  3. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35  މަހަކު 1085/-
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގެ ގޯތިތެރެއާއި ސްކޫލް ވަށައިގެންވާ މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކުރުން
  2. ސްކޫލްގެ އިމާރާތްތަކުގެ ތެރެއިން ޙަވާލުކުރެވޭ ތަންތަން ކުނިކަހާ މޮޕް ލުމާއެކު ޑެސްކުތަކާއި  ގޮނޑިތަކާއި އެހެނިހެން ފަރުނީޗަރުތަކާއި، މެޝިނަރީތައް  ފޮޅާ ސާފުކުރުމާއި އަދި އެ ތަންތަނުގެ ފާރުތަކާއި، ދޮރާއި ދޮރުފަތްތަކާއި ބިއްލޫރިތަކާއި، ސީލިންގާއި، ފަންކާއާއި، ބޮކި ފަދަ ތަކެތި ހަޑިވިޔަނުދީ ފޮޅާސާފުކުރުން.
  3. ސްކޫލްގެ ފާޚާނާތަކާއި އެތަންތާގައިވާ ތަކެތި ސާފުކޮށް ބެލެހެއްޓުން އަދި ޓިޝޫ އާއި އަތްދޮންނަ ފުޅި ހަމައަށް ހުރިތޯ ޗެކްކުރުމާއި އެތަކެތި ހަމަކުރުން
  4. ޙަވާލުކުރެވިފައިވާ ކުލާސްތައް ކިޔަވައިދިނުން ފެށުމުގެކުރިން ތައްޔާރުކުރުމާއި ގޮނޑި ޑެސްކް ފަދަ ތަކެތި ހަމަކުރުން.
  5. ކޮންމެ ދުވަހަކު ވެސް ސްކޫލްގެ އިދާރާއިން އަންގަން ޙަވާލުކުރާ އެންގުންތައް މީހުންނަށް އަންގައި، ސްކޫލްގެ އިދާރާއިން ފޮނުވާ ތަކެތި އެތަކެތި ލިބެންވާ ފަރާތާއި ޙަވާލުކުރުން.
  6. ސެޝަންގަޑީގައި ދަރިވަރުންގެ ފާޚާނާ ތަކުގައި ޑިއުޓީ ގައި ތިބުމާއި ދަރިވަރުން ފާހާނާތަކަށް ވަދެނުކުމެހަދާއިރު އެދަރިވަރުންގެ ރައްކާތެރިކަމާ ސަލާމަތަށް ބަލަންޖެހޭ އެންމެހާ ކަންކަން ސްކޫލުން އަންގާގޮތެއްގެ މަތިން ކުރުން
  7. ސްކޫލުން އިންތިޒާމްކުރާ ސެމިނަރ، ވޯކްޝޮޕް، ޖަލްސާ އަދި ބައްދަލުވުންތަކަށް ގޮނޑިއާއި ޑެސްކު ޖަހައި ހޯލު ތައްޔާރުކުރުން އަދި ނިމުމުން އެތަކެތި ނަގައި ތަރުތީބުކުރުން
  8. ސްކޫލްގެ ގުދަންތައް ބެލެހެއްޓުމާއި، ގުދަނަށް ވައްދަންޖެހޭ ތަކެތި ވައްދައި، ނެރެންޖެހޭ ތަކެތި ނެރެ  ތަރުތީބުކޮށް ބެލެހެއްޓުން.
  9. ވަޅު ދިޔަ ހިއްކުމާއި ސްކޫލްގެ ފުރާޅު ސާފުކުރުމާއި ދިޔަދޮވިތަކާއި ފެންތާނގީ ސާފުކޮށް ބެލެހެއްޓުން އަދި ވާރޭވެހޭ ދުވަސްތަކުގައި ފެންނެގުން
  10. ސްކޫލު ގޯއްޗާއި ގޯތީގައިވާ ޕާކުތަކާއި މަގުމަތީގައި ގަސް އިންދުމާއި އިންދާފައިވާ ގަސްތަކަށް ފެންދިނުމާއި ގަސްތައް ކޮށައި ސާފުކޮށް ބެލެހެއްޓުން.
  11. ހިރަފުސް ދުވަސްވަރު ސްކޫލް ގޯތިތެރެއަށާއި މަގުމައްޗަށް ފެންޖެހުން
  12. ފިހާރަތަކުން ސްކޫލަށް ނަގާތަކެތި ސްކޫލަށް ގެނައުމާއި ސަޕްލައި މުދާ ބަނދަރުން ސްކޫލަށް ގަނައުމާއި ބަނދަރަށް ގެންދަންޖެހޭ ތަކެތި ބަނދަރަށް ގެންދިއުން
  13. ސްކޫލްގައި ބޭނުންކުރާ ތަށްޓާއި ފެންއަޅާ ފުޅިއާއި ،ޖަގާއި ކޫލަރުފަދަ ތަކެތި ދޮވެ، ސާފުކޮށް ބެލެހެއްޓުމާއި ފެންލާންޖެހޭ ފުޅި/ކޫލަރުތަކަށް ބޯފެން އެޅުން
  14. ސްކޫލްގެ ވަޞީލަތްތަކާއި ތަކެތި ހެޔޮގޮތުގައި ބޭނުން ކުރުމާއި އެތަކެތި ސާފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  15. ސްކޫލުން ހަމަޖައްސާ އުޞޫލެއްގެ މަތިން ދިދަ ނެގުމާއި ދިދަ ތިރިކޮށް ބެލެހެއްޓުން
  16. ސްކޫލުން ބާއްވާ ބައްދަލުވުންތަކާއި ކުރިއަށް ގެންދާ ޚާއްސަ  ޙަރާކާތްތަކުގައި ބައިވެރިވުން
  17.  ސްކޫލްގައި ހިންގާ އިތުރު ޙަރަކާތްތަކުގައްޔާއި ފާހަގަކުރާ އެކިއެކި މުނާސަބަތުތަކުގައި، ސްކޫލްގެ އޮފީހަށާއި ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 ލިޔަން ކިޔަން އެގުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

 މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 70 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  23  ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ  12:00 ގެ ކުރިން، ދިޔަމިގިލީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 26  ފެބްރުއަރީ 2023 އާއި 02 މާރޗް 2023 އާ ދެމެދު، ދިޔަމިގިލީ ސްކޫލްގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7905690 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

25  ރަޖަބު    1444   

16 ފެބުރުވަރީ 2023
ހޯދާ