ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބޭނުންކުރާނެ ގޮތުގެ އުޞޫލް

ތަޢާރަފް

  1.  

(ހ)

މިއީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ހހ) ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާ އެކު ހެދުމަށް ލާޒިމްކޮށްފައިވާ ރަށްރަށުގެ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދުގެ ދަށުން ބާރު ލިބިގެން  ހަދާފައިވާ ލ.އިސްދޫ  ބަނދަރު ބޭނުންކުރުމުގެ އުޞޫލްއެވެ.

ނަން

 

(ށ)

މި އުސޫލަށް ކިޔަނީ "ބަނދަރު ބޭނުންކުރާނެ ގޮތުގެ އުޞޫލް"އެވެ.

ޢަމަލުކުރަން ފަށާ ތާރީޚް

.2

(ހ)

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މި އުޞޫލް ކައުންސިލުން ފާސްކޮށް ޢާންމުކޮށް އިޢުލާން ކުރާ ދުވަހުން ފެށިގެންނެވެ.

ޖެޓީ ބޭނުންކުރުން

.3

(ހ)

ކޮންމެ އުޅަނދެއްވެސް އަޅަންވާނީ އެއުޅަނދަކަށް ޚާއްޞަ ކޮށްފައިވާ ސަރަހައްދުގައެވެ.

(ށ)

ބަނދަރުގެ، ޓީ ޖެޓީ އިންފެށިގެން ދެކޮޅަށް (އުތުރު،ދެކުނަށް) 50 ފޫޓްގެ ސަރަހައްދުގައި ދާއިމީކޮށް އެއްވެސް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާކަމެކެވެ.

(ނ)

ބަނދަރުގެ، ޓީ ޖެޓީގައި ދޯނިފަހަރު އަޅާފައި އެއްމެ ގިނައިރުވެގެން ބޭއްވޭނީ، 12 ގަޑި އިރުއެވެ. އެއަށް ވުރެން ގިނަވަގުތު ބާއްވާ ނަމަ ކައުންސިލްގެ ޚާއްޞަ ހުއްދައެއް ނަންގަވަން ޖެހޭނެއެވެ.

(ރ)

ބަނދަރުގެ ޓީޖެޓީމަތީގައި މުދާ ބެހެއްޓޭނީ އެއްމެ ގިނަ އިރުވެގެން 12 ގަޑީ އިރުގައެވެ.

(ބ)

ޓީޖެޓީ ފިޔަވައި ބަނދަރުގެ ޕޭމަންޓް މައްޗަށް 04 ފޮރޮޅުލީ ވެހިކަލް އާއި، ބަގީ،އާއި އަތްގާޑިޔާ  ފަދަ ތަކެތި އެރުވުމަކީ މަނާ ކަމެވެވެ.

(ޅ)

ބަނދަރުގެ ރޭމްޕް އާއި، ޓީޖެޓީ ފިޔަވައި އެހެން އެއްވެސް ދިމާއަކުން 4 ފޮރޮޅުލީ ވެހިކަލް، ބަގީ،އާއި  އަތްގާޑިޔާ ފަދަ ތަކެތި އަރުވާ ބޭލުމަކީ މަނާ ކަމެވެ.

(ކ)

ކޮންމެ އުޅަނދެއްވެސް  އަޅަންވާނީ އެއުޅަނދަކަށް ޚާއްސަ ކޮށްފައިވާ ސަރަހައްދުގައެވެ. އަދި އުޅަނދުފަހަރު އަޅަންޖެހޭ ސަރަހައްދުތަށް އަންގައިދޭ ބޯޑުތަށް ބަނދަރު މަތީގައި ޖަހާފައި ވާނެއެވެ.

 

 

(އ)

ފަޅުތެރެއަށް ލޮތާރި ލުމަކީ މަނާ ކަމެވެ. ނަމަވެސް ޚާއްސަ ޙާލަތަކާއި ގުޅިގެން ލޮތާރި ލާނަމަ ލާންވާނީ ކައުންސިލްގެ ޚާއްސަ ހުއްދައެއް ލިބިގެންނެވެ. 

(ވ)

ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު، ފަޅުތެރޭގައި ބާއްވާނަމަ، ބާއްވަންވާނީ އެއްގަމު ތޮއްޓާއި 10 ފޫޓް ދުރުމިނުގައެވެ. 

(މ)

މަސް ދޯނިފަހަރުން ގެންނަމަސް ކިރުމަށްފަހު، ނުވަތަ މަސް ބޭލުމަށްފަހު ތޮށިގަނޑާއި ތޮށީގެ ޕޭމަންޓް މަތި ދޮވެ ސާފުކުރަންވާނެއެވެ. އަދި މަސްބާލަން ވާނީ އެކަމަށް ކަނޑަ އަޅާފައިވާ ސަރަހައްދުންނެވެ.

(ފ)

ދޯނިފަހަރާއި، ބޯޓުފަހަރު ޖެޓީގައި ބާއްވައިގެން މަރާމާތު ކުރެވޭނީ ކައުންސިލްގެ ޚާއްސަ ހުއްދައާއި އެކުގައެވެ.

ފެން ދޫކުރުން

.4

(ހ)

ރަށުން ބޭރު އުޅަނދުފަހަރަށް ވަޅު ފެން ދޫކުރެވޭނީ ގަޑިއަކަށް 100 ރުފިޔާއަށެވެ.

(ށ)

ރަށު އުޅަނދުފަހަރަށް ވަޅުފެން ދޫކުރެވޭނީ ގަޑިއަކަށް 50 ރުފިޔާއަށެވެ.

(ނ)

ވާރޭފެން ދޫކުރެވޭނީ ކޮންމެ އުޅަނދަކަށްވެސް 60 ލީޓަރެވެ. އަދި މީގެ އިތުރުން ފެނުގެ ސްޓޮކް އަށް އަންނަ ބަދަލާއި ގުޅިގެން ފެން އިތުރުކޮށް މަދުކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. 

(ރ)

ކޮންމެ އުޅަނދަކަށްވެސް ސަޕްލައިފެން ދޫކުރެވޭނީ، އަޅާފެނަށް ކުރިން ފައިސާ ދައްކާ ގޮތަށެވެ.

ކުންޏާއި ގުޅޭ

.5

(ހ)

ކުނީގެ ގޮތުގައި ބެލެވޭ އެއްވެސް ކުންޏެއް ޕޭމަންޓް މަތީގައި ބެހެއްޓުމަކީ މަނާކަމެކެވެ.

(ށ)

މީހުންނަށް އުނދަގޫވާގޮތަށް ޖެޓީގެ ޕޭމަންޓް މަތީގައި މުދާ ބަހައްޓައިގެން ނުވާނެއެވެ.

(ނ)

ދޯނިފަހަރުން ނަގާ އެއްވެސް ބާވަތެއްގެ ތެލާއި، ފިލްޓަރާއި، އިންޖީނުފުހުމަށް ބޭނުން ކުރި ފޮތި ޖެޓީގެ ޕޭމަންޓް މައްޗަށްށާއި ޕޭމަންޓުން ބޭރަށް އުކާ ހެދުމަކީ މަނާކަމެކެވެ.

(ރ)

ދޯނިފަހަރާއި ބޯޓުފަހަރުން އިންޖީނު ތެޔޮ ބަދަލުކުރުމަށްފަހު ނަގާ ތެޔޮ، ބަނދަރު ތެރެއަށް، އެޅުމަކީ މަނާކަމެކެވެ. އެތެޔޮ ހަންހަމަށް އެޅުމަށްފަހު، ބާރަށް މަތިޖަހާފަ ބަންދަރުމަތީގަ ކައުންސިލުން ބަހައްޓާފައިވާ ޑަސްބިން ކައިރީ ބެހެއްޓިދާނެއެވެ.

(ބ)

އުޅަނދު ފަހަރު ބަނުމަށް ބޭނުންކުރާ ލަކުޑި ހިރުނދު، ފުނައާއި ކޮންސްޓްރެކްޝަން މަސައްކަތް ކުރާ އެއްވެސް ބާވަތެއްގެ މުދަލެއް ޖެޓީގެ ޕޭމަންޓް މަތީގައި ބެހައްޓުމަކީ މަނާކަމެކެވެ.

(ޅ)

ކުނީގެ ގޮތުގައި ނަގާ ތަކެތި އަޅަންވާނީ ބަނދަރު މަތީގައި އެކަމަށް ޚާއްސަކޮށް ބަހައްޓާފައިވާ ޑަސްބިނަށެވެ.

  • މަރާމާތު ކުރާއިރު އުފެދޭ ކުނި ނައްތާލަންވާނީ، ކައުންސިލުން އެކުލަވާލާފައިވާ، ކުނި ނައްތާލުމާއިބެހޭ އުޞޫލާއި އެއްގޮތަށެވެ.

ހެވީ ވެހިކަލް

.6

(ހ)

އެއްވެސް ހެވީ ވެހިކަލްއެއް ރޭމްޕް ފިޔަވައި ބަނދަރުގެ އެއްވެސް ދިމާލަކުން އަރުވާ ބޭލުމަކީ މަނާ ކަމެކެވެ.

އުސޫލާ ޚިލާފުވުން:

7

(ހ)

އެހެން އުސޫލަކުން ވަކި ގޮތަކަށް ޢަމަލުކުރުމަށް ކަނޑައަޅައިފައި ނުވާ ކަންކަމުގައި، މި އުސޫލްގައި ކުރުމަށް އަންގައިފައިވާ ކަމެއް ނުކުރުމުން، ނުވަތަ ނުކުރުމަށް މި އުސޫލްގައި ހިމެނިފައިވާ ކަމެއް ކުރުމުން، މި އުސޫލްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި އުސޫލްއާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، /-500  (ފަސްސަތޭކަ) ރުފިޔާއާއި 1,000/- (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 1,000/- (އެއްހާސް) ރުފިޔާއާއި 3,000/- (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 3,000/- (ތިންހާސް) ރުފިޔާއާއި 5,000/- (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000/- (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު، މިއުސޫލްގެ ދަށުން ކައުންސިލަށް ނުވަތަ ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ހަވާލުކުރާ ފަރާތަށް ލިބިގެންވެއެވެ.

މާނަކުރުން:

8

(ހ)

ކައުންސިލް: މިއުސޫލުގައި ވަކިތަނެއްގައި، ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައަކީ، "ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއެވެ".

 

 

 

ބަންދަރު: މިއުސޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ބަނދަރުގެ މާނައަކީ، ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާފައިވާ، "އިސްދޫ ބަނދަރު" އަށެވެ.

16 ފެބުރުވަރީ 2023
ހޯދާ