ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 އަހަރު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޡުގެ އެކަމަޑޭޝަނާއި، ކޮށްތު އަދި ޙާފިޡުގެ އަންނައުނު ދޮވެއިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ވޭމަންޑޫ ކައުންސިލުން 1444 ވަނައަހަރު ރަމަޟާންމަހު މަސްޖިދުލް ތަޢާވުންގައި އިމާމުވެ ޙިފްޡްކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވާ ޙާފިޡްގެ އެކަމަޑޭޝަނާއި، ކޮށްތު އަދި ޙާފިޡްގެ އަންނައުނު ދޮވެ އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

 ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected]އަދި [email protected] އަށް ސީ. ސީ ކުރަންވާނެއެވެ.

މިކަމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތްކޮށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 15 ފެބުރުވަރީ 2023 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނުވަތަ ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 22 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 10:00 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ. ބިޑް ހުޅުވުން އޮންނާނީ 23 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 10:00 ވޭމަންޑޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ.  

 

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2023
ހޯދާ