ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓް ގަތުމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހދ. ހަނިމާދޫގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ތެރެއިން ހދ. ހަނިމާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 30 ހައުސިންގ ޔުނިޓު ގަތުމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 18 ޑިސެންބަރު 2014 ވަނަދުވަހުން ފެށިގެން 26 ޖަނަވަރީ 2014 ދުވަހުގެ 15:00 ގެ ނިޔަލަށް އާންމުކޮށް ހުލުވާލަމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީވެސް ހުޅުވާލެވިފައިވާ މުއްދަތުގައި ހަނިމާދޫ ކައުންސިލްގެ އިދާރާއިންނެވެ.

މި 30 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި އުސޫލު

މި 30 ހައުސިންގ ޔުނިޓަކީ ހދ ހަނިމާދޫގެ ރައްޔިތުންގެ ތެރެއިން މި ހައުސިންގ ޔުނިޓްތައް ބޭނުންވާ ފަރާތްތަކަށް ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކައި ޚަލާޞް ކުރާގޮތަށް ވިއްކުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކެވެ.

މި ހައުސުންގ ޔުނިޓްތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ އުސޫލު

މި ހައުސިންގ ޔުނިޓުތައް ލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި -/19،000 ރ (ނަވާރަހާސް) ރުފިޔާ ދައްކަން ޖެހޭނެއެވެ.

އަދި 20 އަހަރު ދުވަހުން ފައިސާދައްކާ ޙަލާސްކުރާ އުސޫލުން، މަހަކު -/2500 ރ (ދެހާސް ފަސްސަތޭކަ) ރުފިޔާ ސަރުކާރަށް ދައްކަން ޖެހޭނެއެވެ.

މި ހައުސިންގ ޔުނިޓްތަކަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމެންދެން މި ހައުސިންގ ޔުނިޓްތައް މޯގޭޖް ކުރެވޭނެއެވެ.

މި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް

އުމުރުން 21 އަހަރު ފުރިފައިވުން.

ހދ. ހަނިމާދޫގެ ރަށްވެއްސަކަށްވުން.

ސަރުކާގު އެއްފަސްކުރުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ނުވަތަ ތިމާގެ އަނބިމީހާ/ ފިރިމީހާއަށް ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތަކަށް ނުވުން.

ޖިނާޢީ ޙުކުމެއް ތަންފީޛުކުރަމުންދާ ފަރާތަކަށްނުވުން. ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ ނަމުގައި ރަޖސްޓަރީކޮށްފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްގައި ރަޖިސްޓަރީ ކޮށްފައިވާ ބޯހިޔާވަހިކަމެއް ނެތުން. 600 އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއްނަމަ އެ ގޯއްޗާއި ގޯތީގައިވާ ޢިމާރާތްތައް ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯއްޗަކީ ބޭންކް ލޯނަކަށް މޯގޭޖް ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

އެކަކަށްވުރެން ގިނަމީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ގޯއްޗެއްގެ ވެރިއެއްނަމަ އެގޯތި ރަޖިސްޓަރީ ކޮށްފައިވާ އެންމެންގެ މެދުން އެއްވަރަކަށް ބަހާލުމުން ތިމާއަށް ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވުން އަދި އެ ގޯތިން ތިމާއަށްވާބައި އެގޯތީގެ އެހެންވެރިންނަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މިގޯއްޗަކީ ބޭންކް ލޯނަކަށް މޯގޭޖް ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ ނަމުގައި ގޯއްޗެއްވާނަމަ އެގޯތި ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯއްޗަކީ ބޭންކް ލޯނަކަށް މޯގޭޖް ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ލިބިފައިވާ ބޯހިޔާވަހިކަމެއް ނުވަތަ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައި މީހަކަށްދީ ހަދާފައިނެތުން.

ރާއްޖޭގެ އެއްވެސްރަށެއްގައި ތިމާގެ އަނބިމީހާ/ފިރިމީހާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްގައި ރަޖިސްޓަރީ ކޮށްފައިވާ ބޯހިޔާވަހިކަމެއް ނެތުން. 600 އަކަފޫޓައްވުރެ ކުޑަގޯއްޗެއްނަމަ އެ ގޯއްޗާއި ގޯތީގައިވާ ޢިމާރާތްތައް ސަރުކާރައް ދޫކޮއްލަން ތިމާގެ އަނބިމީހާ/ފިރިމީހާ އެއްބަސްވާ ފަރާތަކައްވުން. އަދި މި ގޯއްޗަކީ ބޭންކް ލޯނަކަށް މޯގޭޖް ކުރެވިފައިވާ ގޯއްޗަކައް ނުވުން.

ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ އަނބިމީހާ/ފިރިމީހާގެ ނަމުގައި ގޯއްޗެއްވާނަމަ އެގޯއްޗެއް ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ފިރިމީހާ އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯއްޗަކީ ބޭންކް ލޯނަކަށް މޯގޭޖް ކުރެވިފައިވާ ގޯއްޗަކަށް ނުވުން.   

މި 30 ހައުސިންގ ޔުނިޓް، ދޫކުރުމުގައި އިސްކަންދެވޭނެ ފަރާތްތައް ބެލުމަށްޓަކައި ޕޮއިންޓްދެވޭނެ އުޞުލު.

1 . އުމުރުން 21 އަހަރާއި 30 އަހަރާ ދެމެދު                                                07

2 . އުމުރުން 30 އަހަރުންމަތި                                                         10

3 . 18 އަހަރު ނުފުރޭ 1 ނުވަތަ 2 ދަރިން ތިބިނަމަ                                            05

4 . 18 އަހަރު ނުފުރޭ 3 ނުވަތަ 4 ދަރިން ތިބިނަމަ                                            07

5 . 18 އަހަރު ނުފުރޭ 4 ދަރިންނަށްވުރެ ގިނަދަރިން ތިބިނަމަ                                        10

6 . މީހަކާ އިދެގެން/ ވަރިވެފައި/ ފިރި ނުވަތަ އަނބި މަރުވެފައި                                        05

7 . އެކުގައި ދިރިއުޅޭ 60 އަހަރުން މަތީގެ މަންމަޔަކު ނުވަތަ ބައްޕަޔަކު ބަލަމުންދާ ފަރާތެއްނަމަ                      05

8 . އެކުގައި ދިރިއުޅޭ 60 އަހަރުން މަތީގެ މަންމަ އަދި ބައްޕަ ބަލަމުންދާ ފަރާތެއްނަމަ                           07

9 . ޚާއްސައެހީއަށް ބޭނުންވާ ފަރާތެއްނަމަ ނުވަތަ ޚާއްސައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ        07

10. ހދ. ހަނިމާދޫގެ ރަށްވެއްސަކަށްވީތާ 5 އަހަރު ވެފައިނަމަ                                         05

11 . ތިމާގެ ނަމުގައި އަދި ތިމާގެ އަނބިމީގެ/ފިރިމީހާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެއްވެސް ބޯހިޔާވަހިކަމެއް ނެތްނަމަ        15 

12. ތިމާގެ ނަމުގައި ލިބިފައިވާ ގޯތި 600 އަކަފޫޓަށްވުރެ ކުޑަނަމަ                                       08

13. ތިމާގެ އަނބިމީގެ/ފިރިމީހާގެ ނަމުގައި ލިބިފައިވާ ގޯތި 600 އަކަފޫޓަށްވުރެ ކުޑަނަމަ                            05

14. ތިމާގެ އަނބިމީގެ ނުވަތަ ބައްޕަގެ ގޯތި ދަރިންގެ މެދުން ބަހާލުމުން ތިމާއަށް ލިބޭ ބިމުގެ ބޮޑުމިން 600 އަކަފޫޓަށްވުރެ ކުޑަނަމަ    10                                                                 

15. ތިމާގެ އަނބިމީހާގެ/ ފިރިމީހާގެ މަންމަގެ ނުވަތަ ބައްޕަގެ ގޯތި ދަރިންގެ މެދުން ބަހާލުމުން ތިމާގެ އަނބިމީހާ/ ފިރިމީހާއަށް ލިބޭ ބިމުގެ ބޮޑުމިން 600 އަކަފޫޓަށްވުރެ ކުޑަނަމަ  08

މާނަކުރުން އަދި އިތުރު މަޢުލޫމާތު

. " ގޯތިދޫކޮއްލުން "މާނަކުރަނީ ގޯތީގައިވާ ރުއްގަހާއި، ކޮށްފައިވާ މަސައްކަތްތަކާއެކުގައި، އިތުރު ބަދަލެއް ލިބުމަކާ ނުލައި، ދޫކޮށްލުމަށް

. ތިމާގެ ނަމުގައި ގޯއްޗެއްވާނަމަ، ތިމާއަށް ލިބިފައިވާ ގޯތި ސަރުކާރައް ދޫކޮށްލަން ބޭނުންވާކަން ބަޔާންކޮށް ލިޔެ ސޮއިކޮށްފައިވާ ސިޓީ، ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހެޅުން 

. އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގޯއްޗެއްގެ ވެރިޔަކު އޭނާއަށްވާބައި 600 އަކަފޫޓަށްވުރެ ކުޑަވުމުން އެގޯތީގެ އެހެން ބެހެނިވެރިންނަށް ދޫކޮށްލަން ބޭނުންވާކަން ބަޔާންކޮށް ލިޔެ ސޮއިކޮށްފައިވާ ސިޓީ، ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހެޅުން.

. ރައްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ އަނބިމީހާގެ/ފިރިމީހާގެ ނަމުގައި ގޮއްޗެއްވާނަމަ އެގޯއްޗެއް ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ފިރިމީހާ ބޭނުންވާކަން ބަޔާންކޮށް ތިމާގެ އަނބިމީހާ/ފިރިމީހާ ލިޔެ ސޮއިކޮށްފައިވާ ސިޓީ ހައުސިންގ ޔުނިޓަށް އެދިހުށަހަޅާ ފޯމާއެކު ހުށަހެޅުން.

. ތިމާގެ ނަމުގައި ނުވަތަ/ އަދި ތިމާގެ އަނބިމީހާގެ/ ފިރިމީހާގެ ނަމުގައިއޮތް  600 ފޫޓަށްވުރެ ކުޑަ ގޯތި، ސަރުކާރަށް ދޫކޮށްލަން ބޭނުންވާނަމަ އެކަން ބަޔާންކޮށް ލިޔެ ސޮއިކޮށް ފައިވާ ސިޓީ ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހެޅުން.

. " ބޯހިޔާވަހިކަން " މާނަކުރުމުގައި، ގެއާއި ރޯހައުސްއާއި ފްލެޓް ހިމެނެއެވެ.

. ތިމާއަކީ ޚާއްޞައެހީއަށް ބޭނުންވާ މީހަކީނަމަ ނުވަތަ ތިމާ ޚާއްޞައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާނަމަ، އެކަން ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިއުމެއް ހުށަހަޅަންވާނެއެވެ.

. މުސްކުޅި މަންމަ ނުވަތަ/އަދި ބައްޕަ ބަލަމުންދާނަމަ އެކަން ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެރަސްމީ ލިއުމެއް ހުށަހަޅަންވާނެއެވެ.

. ޚާއްޞައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ނުވަތަ މުސްކުޅި މަންމަ ނުވަތަ/އަދި ބައްޕަ ބަލަމުންދާކަމުގެ ލިޔުން އެއް އާއިލާއެއްގެ އެކަކަށްވުރެ ގިނަފަރާތުން ހުށަހެޅިނަމަވެސް މި ޕޮއިންޓް ދެވޭނީ، މި ލިއުން ހުށަހެޅި އާއިލާގެ މެމްބަރުންގެ މެދުން އެއްބަސްވެވޭ އެއް މެންބަރަކަށެވެ. މިކަމުގައި މިލިއުން ހުށަހެޅި ޢާއިލާގެ މެންބަރުންނަށް އެއްގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ މި ޕޮއިންޓް ލިބޭފަރާތް، ގުރުއަތުލައިގެން، ކަނޑައަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. ނުވަތަ އެ މިނިސްޓްރީއިން ކަނޑައަޅުއްވާ ފަރާތަކުންނެވެ.

. ޢުމުރު ހަމަވާކަން ބަލާނީ ފޯމު ހުށަހެޅި ތާރީޚަށެވެ.

. "ވަރިވެފަވުން" ކަމަށްބެލެވޭނީ މި ގެތަށް ދޫކުރުމަށް އިޢުލާންކުރުމުގެ ކުރިން، ކޯޓް މަރުހަލާގައި ވަރި ސާބިތުކޮށް ނިމިފައިވާނަމައެވެ.

. މައިން ބަފައިންގެ ގޯތި ދަރިންގެ މެދުން ބަހާލުމުން ތިމާއަށް ނުވަތަ ތިމާގެ އަނބިމީހާ/ފިރިމީހާއަށް ލިބޭ ބައިގެ ބޮޑުމިން ބަލައި ކަނޑަ އަޅުއްވާނީ ރަށު ކައުންސިލުންނެވެ.

. މި ހައުސިންގ ޔުނިޓްތަކަށް ވަކިވަކިން ކުރިމަތިލުމުގެ ފުރުޞަތު، ދެމަފިރިންނަށްވެސް ލިބިދެއެވެ.

. ހައުސިންގ ޔުނިޓެއް ލިބުމަށް ދެމަފިރިންވެސް ހޮވިއްޖެނަމަ ހަވާލުކުރެވޭނީ 1 ހައުސިންގ ޔުނިޓެވެ.

. ހައުސިންގ ޔުނިޓެއް ލިބުމަށް ދެމަފިރިންވެސް ހޮވިފައި ވުމުގެ ސަބަބުން ހަވާލުކުރެވޭ ހައުސިންގ ޔުނިޓް ދެމަފިރިންގެ ނަމުގައި ނުވަތަ ދެމަފިރިން އެއްބަސްވާ ގޮތެއްގެ މަތިން އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ހަވާލުކޮށް ރަޖިސްޓަރީ ކޮށްދެވިދާނެއެވެ. މިކަމުގައި ދެމަފިރިންނަށް ވަކިގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ ހައުސިންގ ޔުނިޓް ހަވާލުކުރާނެ ފަރާތެއް ގުރުއަތުލައިގެން، ކަނޑައަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. ނުވަތަ އެ މިނިސްޓްރީއިން ކަނޑައަޅުއްވާ ފަރާތަކުންނެވެ.

. ލިޔެ ބަޔާންވެފައިނެތް ކަމަކާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމާނީ މި ހައުސިންގ ޔުނިޓްތައް ލިބޭފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ހދ. ހަނިމާދޫ ކައުންސިލްގައި އެކުލަވައިލާފައިވާ ކޮމިޓީން، މިމިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޝްވަރާއާ އެކުގައެވެ. ނުވަތަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

24 ޞަފަރު 2014

16 ޑިސެންބަރު 2014
ހޯދާ