ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދިނުން

ލ. ފޮނަދޫ އިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން މިވަގުތު ހުސްކޮށްހުރި ތިރީގައިމިވާ ބިންތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

#

ބިމުގެ ނަންބަރު

ބިމުގެ ނަން / ބިން އޮތްތަން

ކުއްޔަށްދޭ ބޭނުން

ބިމުގެ ބޮޑުމިން

1

25

ލިލީމަގުގެ އިރުމަތި ފަރާތުގައި އޮންނަ ހުސްބިން

އާންމު ވިޔަފާރި ހިންގުމަށް

1920 އަކަފޫޓް

2

19

ޝަހީދުޢަލީމަގުގެ ދެކުނުފަޅީގައި 14 ނަންބަރު ބިމުގެ ހުޅަނގުން

އާންމު ވިޔަފާރި ހިންގުމަށް

2000 އަކަފޫޓް

3

23

ނަފާގޯޅީގެ އުތުރުފަޅީގައި 22 ނަންބަރު ބިމުގެ ހުޅަނގުން

އާންމު ވިޔަފާރި ހިންގުމަށް

2150 އަކަފޫޓް

 

ހުށަހެޅޭނެ އެންމެ ކުޑަ އަގު އަދި ކުއްޔަށް ދޫކުރާ މުއްދަތު:

  • ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 1.10ރ އެވެ.
  • ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މީލާދީ 10 އަހަރު ދުވަހަށެވެ.

ހުށަހަޅާ ބީލަންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • ހުށަހަޅާ ފަރާތަކީ ފޮނަދޫގެ ރަށްވެއްސެއްނަމަ: 10 ޕޮއިންޓް
  • ހުށަހަޅާ ކުއްޔަށް: 90 ޕޮއިންޓް (އެންމެ މަތިން ހުށަހަޅާ ފަރާތަކަށް ފުލްމާކްސް އަދި އެއީ ބެންޗްމާކް ކަމަށް ބަލައިގެން އެހެން ފަރާތްތަކަށް މާކްސް ދޭގޮތަށް)

ބީލަމުގައި ރަޖިސްޓްރީވުން:

  • ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ހުށަހަޅާ ކޮންމެ ބިމަކަށް ވަކިން ރަޖިސްޓްރީ ވާންޖެހޭނެއެވެ. ބިޑް ޑޮކިއުމެންޓް ގަތުމަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ ބީލަން ހުށަހަޅާ ކޮންމެ ބިމަކަށް -/150ރ އެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 21 ފެބުރުއަރީ 2023 (އަންގާރަ) ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
  • ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://rb.gy/nv9n39

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން:

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަމާ ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި ކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 01 މާރިޗް 2023 (ބުދަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ބިމުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 01 މާރިޗް 2023 (އަންގާރަ) ދުވަހުގެ 13:30ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
14 ފެބުރުވަރީ 2023
ހޯދާ