މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ބެގޭޖް ހޭންޑްލިން ސިސްޓަމް"އަށް ބޭނުންވާ އުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

"ބެގޭޖް ހޭންޑްލިން ސިސްޓަމް"އަށް ބޭނުންވާ އުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގެ އައު "ބެގޭޖް ހޭންޑްލިން ސިސްޓަމް"އަށް ބޭނުންވާ އުމްރާނީ މަސައްކަތްތައް މިކުންފުނިންދޭ މިންގަނޑުތަކާއި/ކުރެހުމާއި އެއްގޮތަށް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި "ކެނޮޕީ ސްޓަރަކްޗަރ" ޑިޒައިންކޮށް ފެބްރިކޭޓްކޮށް ހަރުކުރުން، ވަޔަރުކުރުން، "ކޮންކްރީޓް ޕްލިންތްސް" ޑިޒައިންކޮށް ހަރުކުރުން، ފައުންޑޭޝަން އެޅުން، ފްލޯރިން، ސީލިންކުރުން، ޕާޓިޝަންޖެހުން، އޭސީހަރުކުރުން، ސޮކެޓްއެޅުން، ލައިޓްހަރުކުރުން، ފިކްސްޗާރ ހެދުމާއި ހަރުކުރުން، ވަޔަރުކުރުން، މުށިޖެހުން އަދި ތަޅާލުންފަދަ މަސައްކަތްތައް ހިމެނެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ފެބުރުވަރީ 19 ވާ އާދިއްތަދުވަހުގެ މެންދުރު 14:00 ގެ ކުރިން، ސިޓީ،ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގެ GC01 ދާއިރާއިން 1، 2، 3، 4، 5، ނޫނީ 6 ވަނަ ދަރަޖައިގައި ގިންތި ކުރެވިފައިވާ ފަރާތަކަށްވާންވާނެއެވެ.

     ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2023 ފެބުރުވަރީ 22 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައި ވީ.އައި.އޭގައި އޮންނާނެއެވެ.  

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2023 މާރިޗު 01 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 މާރިޗު 01 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

13 ފެބުރުވަރީ 2023
ހޯދާ