ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކާ ފެބްރުވަރީ މަހު ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތު ބައްދަލުވުން 2023 ފެބްރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެރޭ 20:45 ގައި ބާރަށު ކައުންސިލް އިދާރާގެ ދެކުނުފަރާތު ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 ބައްދަލުވުމުގެ އެޖެންޑާ

  1. 2022 ވަނަ އަހަރުގެ މާލީ ބަޔާން ހިއްސާކުރުން
  2. 2022 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތައް
  3. ރައްޔިތުންގެ ޚިޔާލާއި ސުވާލުތަކަށް ޖަވާބު ދިނުން

                މި ބައްދަލުވުމުގައި ބާރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

                    ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

                    22 ރަޖަބް 1444

                    13 ފެބްރުވަރީ 2023

 

                                              

13 ފެބުރުވަރީ 2023
ހޯދާ