ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމް ގައި ބައިވެރި ވުމާއިބެހޭ

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް އަމާޒުކުރެވޭ ރައްތަކުގެ ތެރެއިން ބައެއް ރައްރަށުގައި ދަނޑުވެރިންނަށް އަމާޒުކޮށް ބޭސިކް އެގްރިކަލްޗަރ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށްވަނީ ރޭވިފައެވެ މި ގޮތުން މިރަށުގައި މިތަމްރީނު ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ހިންގަން ފަށައިގަނެވޭނީ މަދުވެގެން 15 ބައިވެރިން ލިބުމުންނެވެ. އެއީ މިތަމްރީނަކީ ދަނޑުވެރި ކަމުގެ ޚާއްސަ ޓެކްނިކަލް ޓްރޭނިންގ ހައްދަވައިގެން ހުންނަ ބޭފުޅަކު ރައްރަށަށް ވަޑައިގެން ހިންގަވާ ތަމްރީނަކަށް ވާތީވެ މި ތަމްރީނު އެންމެ ފުރިމަ ގޮތުގައި ގެންދެވޭނީ ވީހާވެސް ގިނަބައިވެރިންގެ އެއްބާރުލުން ލިބިގެންނެވެ.

                        ވީމާ، މިޕްރޮގްރާމްގައި ބައިވެރިވާން ބޭނުންފުޅުވެ ލައްވާފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެކު ކައުންސިލްއިދާ 13 ފެބުރުއަރީ 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު

1 ނަމާއި އެޑްރެސް

2 ރަށް، ޢުމުރު

3 އައިޑީ ކާޑުނަމްބަރ      

      

                        ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

   21 ރަޖަބް   1444

                        12ފެބުރުއަރީ 2023       

                                               

12 ފެބުރުވަރީ 2023
ހޯދާ