އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމާ ބެހޭ

މިރަށުގެ ބަނދަރުގެ ދެކުނު ފަރާތު ހުރަސްތޮށިން، ތެލުގެ ވިޔަފާރި ކުރުމަށް 30 އަހަރަގެ މުއްދަތަށް ބިމެއް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން 11 ޖަނަވަރީ 2023 ވަނަ ދުވަހު ބޭއްވި 66 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.

ވުމާއިއެކު، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ފެބްރުވަރީ 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 14 ފެބްރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 09:00 ން 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީ-މެއިލް އެޑްރެސް [email protected] އަށް މެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ދެންނެވިފައިވާ ގަޑީގައި މި އިދާރާގެ ނަންބަރ 6680888 އާއި ގުޅުއްވައިގެން ރަޖިސްޓަރީ ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

  • ރަޖިސްޓްރީކުރި ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 14 ފެބްރުވަރީ 2023  އަންގާރަ ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މިމަޢުލޫމާތު ދިނުން ގޫގަލް މީޓް މެދުވެރިކޮށްވެސް ކުރިއަށް ގެންދެވޭނެއެވެ.
    • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، ބިޑްފޮތް ގަންނަ ފަރާތްތަކަށެވެ. ބިޑްފޮތުގެ އަގަކީ 3،000.00 (ތިންހާސް) ރުފިޔާއެވެ. ބިޑްފޮތް ވިއްކާނީ 15 ފެބްރުވަރީ 2023 ވަނަ ދުވަހުން ފެށިގެން 21 ފެބްރުވަރީ 2023 ވާ އަންގާރަ ދުވަހާއި ހަމައަށް (ބަންދު ދުވަސްތައް ފިޔަވައި) ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

07 ފެބުރުވަރީ 2023
ހޯދާ