މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ކިނޮޅަހު " ސޭޑީކޯނަރ " އޭ ކިޔާ ބަންޑާރަ ގޯތީގެ ނަން ބަދަލުކުރުން

އިޢުލާން

ރ. ކިނޮޅަހު " ސޭޑީކޯނަރ " އޭ ކިޔާ ބަންޑާރަ ގޯތީގެ ނަން ބަދަލުކުރުން

                     

                    ރ. ކިނޮޅަހު ސޭޑީކޯނަރ، ޢަޒީޒާ ޢަބްދުއްރަޙްމާންގެ ނަމުގައި 22 ސެޕްޓެމްބަރ 2021 ގައި ރަޖިސްޓްރީ ކުރެވިފައިވާ ރ. ކިނޮޅަހު " ސޭޑީކޯނަރ " އޭ ކިޔާ 4375 އަކަފޫޓްގެ ބަންޑާރަ ގޯތީގެ ނަން ބަދަލުކުރުމަށް ހުށަހެޅުއްވުމުން، މިގޯއްޗަށް ހަދައިދެވިފައިވާ ނަންބަރު 312/R-2/2021/2 ގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށާއި އަދި މިގޭގައި ރަޖިސްޓަރީ ވެފައިވާ އެއްވެސް ފަރާތަކާއި ބެހޭގޮތުން މައްސަލައެއް ނުވަތަ ޝަކުވާއެއްވޭތޯ ބެލުމަށް ކުރެވުނު އާންމު އިޢުލާނުގެ މުއްދަތު ހަމަވީއިރު އެއްވެސް ފަރާތެއްގެ މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅުއްވާފައި ނުވާތީ، "ރ. ކިނޮޅަހު ސޭޑިކޯނަރ" އެވެކިޔާ ބަންޑާރަ ގޯތީގެ ނަން "ރ. ކިނޮޅަހު ޝޭޑިކޯނަރ " މިނަމަށް ވަނީ 31 ޖަނަވަރީ 2023 ގައި ބަދަލު ކުރެވިފައެވެ. 

                      މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                     16  ރަޖަބް   1444

07 ފެބުރުވަރީ 2023
ހޯދާ