ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ ކަލައިދޫގެ އިޖްތިމާއީ ސަރަހައްދުތައް ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ކޮންޓެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތައް މިރަށުގެ އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.  

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 08 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.

 ބިޑުއިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލު:

އަގު

ޖަމިއްޔާ/ޖަމާއަތެއްނަމަ

ޖުމްލަ ޕޮއިންޓް

75

25

100

  ބިޑު ކާމިޔާކުރާފަރާތަކީ މި އުޞޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭފަރާތެވެ.

  މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެއެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

  މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

01 ފެބުރުވަރީ 2023
ހޯދާ