މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
މިނިސްޓްރީގެ އިމާރާތުގެ އެއަރކޮންޑިޝަންތައް އެއްއަހަރު ދުވަހަށް، ކޮންޓްރެކްޓު އުސޫލުން ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީ ހިސާބު  ބޭނުންވެއްޖެ

މިނިސްޓްރީގެ އިމާރާތުގެ އެއަރކޮންޑިޝަންތައް އެއްއަހަރު ދުވަހަށް، ކޮންޓްރެކްޓު އުސޫލުން ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ (IUL)473-AP/473/2023/2(02 ޖަނަވަރީ 2023)ޢިއުލާންގައިވާ މަސައްކަތައް ހުށަހެޅިފައިވާ އަންދާސީ ހިސާބުތަކުގެ ތެރެއިން ދެވިފައިވާ މައުލޫމާތާއި އެއްގޮތަށް، ބީލަން ހުށަހަޅާފައިވަނީ ދެފަރާތުން ކަމަށްވާތީ ،އިޢުލާން ބާޠިލުކޮށް، މިއީ ވާދަވެރި ބީލަމެއް ގެގޮތުގައި ކުރިއަށް ގެންދިއުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުގައި ބީލަމުގެ މަޢުލޫމާތު ސާފުކުރުމާއި އަދި  ބީލަން ހުށައެޅުމަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި އިއުލާނާއެކު މައުލޫމާތު ކަރުދާސް އެއްކަރުދާސްކޮށްފައި ވާނެއެވެ.

ތަފްސީލު

ތާރީޚު (ދުވަސް)

ގަޑި

ތަން

ބީލަމުގެމަޢުލޫމާތު ސާފްކުރުން

7 ފެބްރުއަރީ 2023 (އަންގާރަ)

11:00

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

ބީލަން ހުށައެޅުން

12 ފެބްރުއަރީ 2023 (އާދީއްތަ)

11:00

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3036960 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

‏             10 ރަޖަބް  1444

             1 ފެބްރުއަރީ 2023

01 ފެބުރުވަރީ 2023
ހޯދާ